Roadha Mihaaru
"ހަވާސާގައި ތިބި މީހުން ރާޑަރުގެ މެދަށް ގެންނާނަން"

ހަވާސާގައި ތިބި މީހުންނަށް އިސްކަންދީ ރާޑަރުގެ މެދަށް ގެންނާނަން: ރައީސް މުއިއްޒު

17 ފެބުރުއަރީ 2024

މި ސަރުކާރުން ގައުމު ހިންގަން މަސައްކަތް ކުރާނީ ކުރިން ހަވާސާގައި ތިބި މީހުން ރާޑަރުގެ މެދަށް ގެނެސް، އެ މީހުންގެ ޝާމިލުވުމާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ގައުމު ހިންގަން މަސައްކަތް ކުރާނީ ކުރިން ހަވާސާގައި ތިބި މީހުން ރާޑަރުގެ މެދަށް ގެނެސް، އެ މީހުންގެ ޝާމިލުވުމާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ގާއިމްކުރި އިސް ރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާޒުގެ އަމާޒާ އެއްގޮތަށް އިސް ރަށްވެހިންނަށް ހާއްސަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ އިސް ރަށްވެހިންގެ ނާދީތަކާ އެކު ދުވަސްވީ ބޭފުޅުން އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.

"އިސް ރަށްވެހިންނަށް ދޭންޖެހޭ އިސްކަން މި ސަރުކާރުން މެއިންސްޓްރީމްކޮށް ދޭނަން. ދޭން އިރާދަކުރެވިއްޔާ ފަށާފައި މި ވަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިސް ރަށްވެހިންގެ އިތުރުން ވެސް މުޖުތަމައުގައި ބާކީ ކޮށްފައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުން ފަދަ ސަރުކާރުތަކުގައި އަޅާނުލައި ތިބި އެތައް ބަޔަކަށް މި ސަރުކާރުން އިސްކަން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެކި ކަންކަމުގައި ހަވާސާކޮށްފައި ތިބި ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރުގެ މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އަޅުގަނޑުމެންގެ ވިސްނުން. އެގޮތުގައި އަޅުގަނޑުމެން މި ކުރިއަށް ދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރައީސް ވިދާޅުވި ގޮތުގައި، އެ މީހުންނަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މި ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ ކަމަށެވެ. އަޅާލުމާއި އޯގާތެރިކަމުގެ މުޖުތަމައުއެއް ގާއިމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެކަނިވެރި މައިން ކަމަށް ވިޔަސް، ޑޮމެސްޓިކް ވައިލެންސްގަ އެކި ކަހަލަ ނިކަމެތިކަން ކުރިމަތިވާ ފަރާތްތައް ކަމަށް ވިޔަސް، ހާއްސަ އެހީގެ އެކި އެހީތެރިކަން ބޭނުންވާ ފަރާތްތައް ވިޔަސް އަދި އަޅާލުމެއް ނެތި މާބޮޑު ސަމާލުކަމެއް ނުދެވޭ އިސް ރަށްވެހިންގެ މައުލޫމާތު ވެސް ރަނގަޅަށް އެއްކުރަން މަސައްކަތްތަކެއް ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.

އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރައީސް ވިދާޅުވީ މި ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ވެސް ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި އެކަމަށް ހާއްސަ ބިލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

"ގެދޮރުގެ މައްސަލަ ހައްލު ކުރެވި ގަދަރު ދެވި އިސްކަން ދެވި ފުރުސަތު ދެވުނީމަ ބަސް އިއްވުމުގެ ފުރުސަތު ދެވުނީމަ މުހުތަމައުއަށް އަރޯކަމާއި ހެވާ ލާބަ ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އަމީރު އަހުމަދު މަގުގައި ހުރި ކުރީގެ ޤުރުއާންއާ ބެހޭ މަރުކަޒު، އިސްރަށްވެހިންގެ ނާދީއަކަށް ބަދަލުކޮށް މިއަދު ހުޅުވިއިރު އެފަދަ މަރުކަޒުތައް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ވައުދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.