ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް، އިޒްރޭލުގެ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ގޮވައިލެއްވުމާ އެކު، ދާއިމީކޮށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ނޫނީ ގަބޫލު ނުކުރާނެ ކަމަށް ހަމާސްއިން ބުނެފި އެވެ.
ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް، އިޒްރޭލުގެ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ގޮވައިލެއްވުމާ އެކު، ދާއިމީކޮށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ނޫނީ ގަބޫލު ނުކުރާނެ ކަމަށް ހަމާސްއިން ބުނެފި އެވެ.
ބައިޑެން އިއްޔެ ވިދާޅުވި ޣައްޒާގައި ތިބި ރަހީނުން ރައްކާތެރިކަމާ އެކު އެތަނުން ނެރުމަށާއި އިޒްރޭލުން ފަލަސްތީނުގެ އަސީރުން ހަވާލުކުރުމަށް ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ.
ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ މިހެން ވިދާޅުވީ ހަމަލާތައް ހުއްޓާލައި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން ހަމާސްގެ ޑިމާންޑްތަކާ އެކު އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މި ހަފްތާގައި މިސްރުގައި ވަނީ މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު އެ މަޝްވަރާތަކުގެ ނަތީޖާއެއް އަދި ނޭނގެ އެވެ.
"ދާއިމީކޮށް ހަމަލާތައް ހުއްޓާލުމާއި ޣައްޒާއިން އިސްތިއުމާރީ ސިފައިން ފޭބުމާއި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސް އެޅުން ނިމުމަކަށް ގެނައުން އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ރައްކާތެރި ހިޔާވަހިކަން ދިނުން ނޫން އެހެން އެއްވެސް ގޮތަކަށް މި ހަރަކާތުން އެއްބަހެއް ނުވާނަން،" ހަނިއްޔާ ވިދާޅުވި އެވެ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ
އޭނާ ވިދާޅުވީ ޣައްޒާގެ އުތުރުން ފައިބައިން މަޖުބޫރުކުރި އާންމުން އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި އިޒްރޭލުން ދިގު މުއްދަތަށް ޖަލަށް ލާފައިވާ ހަމާސްގެ މެންބަރުން މިނިވަންކުރުމަށް ވެސް ހަނިއްޔާ ޝަރުތުކުރެއްވި އެވެ.
ހަމާސްއިން މީގެ ކުރިން ވެސް މި ޑިމާންޑްތައް ކޮށްފައި ވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިއި ތާކުންތާކުނުޖެހޭ ހުށަހެޅުންތަކެއް ކަމަށް ސިފަކޮށްފަ އެވެ.
އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހަމާސްގެ ކިބައިން ހިފައި އެ ޖަމާއަތް ނައްތާލާނެ ކަމަށް ބުނަމުން އިޒްރޭލުން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 28،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ
ހަމާސްގެ ލީޑަރުގެ ތިން ދަރިން އަވަހާރަކޮށްލައިފި
އިޒްރޭލުން ގާޒާއަށް ހަމަލާދީ 13 މީހުން ޝަހީދުކޮށްފި
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ފަލަސްތީނުގެ ގައިދީން އެންމެފަހުން މިނިވަންކޮށްފި
ހަމަލާތައް ހުއްޓާލި އެއްބަސްވުން ފެއިލްވެދާނެ: ހަމާސް
ފުރަތަމަ މަރުހަލާގެ ބާކީ ހަ ރަހީނުން މިނިވަންކޮށްފި
އިޒްރޭލު 6، ފަލަސްތީނުގެ 602 މީހުން މިނިވަންކުރަނީ
ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލަން ތައްޔާރު: ހަމާސް
ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި
އިޒްރޭލާއި ފަލަސްތީނުން ގައިދީން މިނިވަންކޮށްފި