ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މިއަދުން ފެށިން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވާނީ އައްޑު އާއި ފުވައްމުލަކާއި ގއ. އަދި ގދ. އަށެވެ. މިއަދު ފުރަތަމަ ވަޑައިގަންނަވާނީ އައްޑުއަށެވެ. ފުވައްމުލަކަށް ވަޑައިގަންނަވާނީ މާދަމާ ހަވީރު އެވެ.
ގދ. އަތޮޅުން ރައީސް މުއިއްޒު ވަޑައިގަންނަވާނީ ފަރެސްމާތޮޑާ އާއި މަޑަވެއްޔާއި ތިނަދު އާއި ގައްދުއަށެވެ. ގއ. އަތޮޅަށް ބުދަ ދުވަހު ފައްޓަވާ ދަތުރުފުޅުގައި ވަޑައިގަންނަވާނީ ގައްދު އާއި ގެމަނަފުއްޓާއި ކޮނޑޭ އާއި ވިލިނގިއްޔާއި ކޮލަމާފުއްޓާއި ދާންދޫ އަދި ކޫއްޑުއަށެވެ.
ރައީސް މުއިއްޒުގެ މި ދަތުފުޅުގައި އެކި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ބައެއް މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.
ރައީސް އައްޑު އާއި ފުވަމުއްލަކާއި ގއ. އަދި ގދ. އަށް ދަތުރުފުޅެއް މިއަދު ފެއްޓެވިއިރު، މިދިޔަ ހަފުތާއެއްހާ ދުވަސް ކުރިން ތ. އަތޮޅަށް ވަޑައިގެންނެވި އެވެ.
ތ. އަތޮޅުގެ ދަތުފުޅުގައި ކިނބިދޫގެ މީހުންނާ އެކު ބޭއްވި ބައްދަލުވުމުގައި މި މަހުގެ 8 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން ހުރިހާ ރަށެއްގެ ކައުންސިލަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ކުރިއަށް އޮތް އެއް މަސްތެރޭގައި ބައްދަލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ހުރި ތަނަށް ކައުންސިލުން އައިސްގެން ބައްދަލުކުރާކަށް ނޫން ބޭނުމީ. ކައުންސިލް އޮތް ތަނަށް އަޅުގަނޑު ދާން ބޭނުން ވަނީ،" ރައީސް މުއިއްޒު އެ ދުވަހު ވިިދާޅުވި އެވެ.
ދެކުނުގައި ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ރައީސް ފުވައްމުލަކާއި އައްޑުއަށް ފުރާވަޑައިގެންފި
10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!
ރައީސް ގއ. އާއި ގދ. އަށް ފުރާވަޑައިގެންފި
ޔާމީން ދެކުނުގެ ތިން އަތޮޅަކަށް ވަޑައިގަންނަވަނީ
ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް
ޑްރަގު އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރުކޮށްފި
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
އައްޑޫގެ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަނީ