22 އޮކްޓޯބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ މަހު ދެކުނުގެ ތިން އަތޮޅަކަށް ވަޑައިގަންނަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ މަހު ދެކުނުގެ ތިން އަތޮޅަކަށް ވަޑައިގަންނަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޔާމީން މިހާރު ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ. އަންނަ ހަފުތާގައި ނ. އަތޮޅަށް ޔާމީން ވަޑައިގަތުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.
އިދިކޮޅު ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު އައްޑުއަށް ހަމަޖެހިފައިވާ ކަމަށާއި އަންނަ މަހު ފުވައްމުލަކާއި ގދ. އަތޮޅަށް ވެސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް އެ މަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި. އަދި ހަމަ ނޮވެމްބަރު މަސް ތެރޭގައި ގދ. އަދި ފުވައްމުލަކަށް ވަޑައިގަތުމަށް ދަތުރުތަކެއް ރޭވެމުންދާކަން ހަމަ ތި ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުތަކުގެ ބޭނުމަކީ އިންތިޚާބަށް ތައްޔާރުވާން ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށާއި އަދި ވަރަށް ގިނަ ރަށްރަށަށް ޔާމީން ވަޑައިގަތުމަށް ދައުވަތު ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ޔާމީން ވަނީ ހއ. އަދި ހއ. އަތޮޅަށް ވަޑައިގެންފަ އެވެ.
ރައީސް ޔާމީން އައްޑު އާއި ފުވައްމުލަކަށް
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!
ޕީޕީއެމްގެ މީދޫގެ "މުގޫ" އެމްޑީޕީ އަށް
އައްޑޫގެ ތަރައްގީއަށް ޔާމީނުގެ މަލާމާތް!
އައްޑޫ ތަރައްގީކުރަން އިތުރު ފުރުސަތެއް ބޭނުންވޭ:ޔާމީން
އިދިކޮޅުގެ އިސްވެރިން ގދ. އާއި އައްޑު އަށް
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް
ސަލާމަތް ވާނީ އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު