ފުވައްމުލަކަކީ އެއްފަސްކޮށް އޮންނަ ރަށަކަށް ވާތީ، މި ރަށުގައި ފަޅު ރަށެއް ނެތުމުން އެހެން އަތޮޅަކުން ފަޅު ރަށެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
19 ފެބުރުއަރީ 2024
ފުވައްމުލަކަކީ އެއްފަސްކޮށް އޮންނަ ރަށަކަށް ވާތީ، މި ރަށުގައި ފަޅު ރަށެއް ނެތުމުން އެހެން އަތޮޅަކުން ފަޅު ރަށެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޏ. އަތޮޅު މަދަރުސާގައި ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލުތަކަށް ނަފާ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ދަށުން ކައުންސިލުތަކަށް ފަޅު ރަށްތަކުގައި ތަފާތު އެކި އިންވެސްޓްމަންޓުތައް ހިންގައި މަންފާ ހޯދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން އަތޮޅުތަކުގައި ފަޅު ރަށްތައް ހުއްޓަސް ފުވައްމުލަކަކީ އެއް ފަސްގަނޑަކަށް އޮންނަ ތަނަކަށް ވެފައި ފަޅު ރަށެއް މި އަތޮޅުގައި ނެތް ކަމަށެވެ. އެކަމަކު، އެކަމާ ބެހޭ ގަވާއިދުގައި ވަނީ ފަޅު ރަށެއް ނެތް ހާލަތުގައި ވެސް އަމަލު ކުރެވޭނެ އުސޫލު ހިމަނާފައި ކަމަށާއި އެ އުސޫލުން އެ ފުރުސަތު ފުވައްމުލަކަށް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ އެ ފުރުސަތު ފުވައްމުލައް ސިޓީ އަށް ކައިރި އަތޮޅުތަކުން ވިޔަސް އެ ފުރުސަތު ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުވަދު އަތޮޅުން ވިޔަސް އެކަން ކުރުމުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލްތަކާ ހަވާލު ކުރުމަށްޓަކައި މި ވަގުތު ގެޒެޓް ކޮށްފައި ވަނީ މަދު ރަށްތަކެކެވެ. އެކަމަކު އެއީ އެ އަށް ރަށްތައް އިތުރު ކުރެވޭނެ ލިސްޓެއް ކަމަށް ވިދާޅުވި އެވެ.
"އޭރުން ކައުންސިލުތަކަށް އެ ދެވެނީ އަމިއްލަ އަށް އާމްދަނީ ހޯދޭނެ ފުރުސަތު. އެ އާމްދަނީ ހޯދާއިރުގައި ކަން ކުރާނެ ގޮތަކީ ކައުންސިލުން ޖެހޭނީ އެ ރަށެއްގެ ރައްޔިތުންނާ ބައިވެރިވާން. ރަށުގެ ކުދި ކުންފުނިތަކާއި ކައުންސިލުތަކާ ގުޅިގެން އުފައްދާ، ނޫނީ އަންނަ ޕްރޮޕޯސަލްގެ ތެރެއިން އިންވެސްޓް ކުރަން ވާނީ،" އެ މަސައްކަތުގެ ތަފުސީލެއް ދެއްވައި ރައީސް ވިދާޅުވި އެވެ.
އޭގެ ސަބަބުން ރަށުގެ ކުދި ވިޔަފާރިތަކާއި ރަށުގެ ކައުންސިލަށް އާމްދަނީ އިތުރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ފުވައްމުލަކަށް އާމްދަނީ ހޯދުމަށްޓަކައި ހާއްސަ ރަށެއް ހޯދުމުގެ މަސައްކަތް ފެށުމަށް އެ ރަށުގެ އިސްބޭފުޅުންނަށް ގޮވާލައްވައިފަ އެވެ. އަދި އެ ކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ.
ރައީސް މުއިއްޒު ވަނީ ފުވައްމުލަކަކީ ގުދުރަތީ ގޮތުން ރީތި ތަނަކަށް ވެފައި މި ރަށުގައި އިކޯ ޓޫރިޒަމް ފުޅާކުރުމުގައި ވެސް އެ މަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލަށް ދެއްވައިފަ އެވެ.
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
ރައީސް ގުޅިއަށް ވަޑައިގެންފި
އަންހެނުން ކޮމިޓީއަށް މުސާރައެއް ކަނޑައަޅަނީ
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަނީ
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ: ރައީސް
ތިނަދޫއަށް އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފި
ކައުންސިލްތަކަށް ފިޔަވަޅުއަޅަން ތާއީދެއް ނުކުރަން:ރައީސް