Roadha Mihaaru
"އަަލިމަގު ގުރްއާން ޗެލެންޖް" ބައިވެރިވާން ހުޅުވާލައިފި

"އަަލިމަގު ގުރްއާން ޗެލެންޖް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

20 ފެބުރުއަރީ 2024

ކުރިއަށް އޮތް ރޯދަމަހު ބާއްވާ "އަލިމަގު ގުރުއާން ޗެލެންޖު"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުރިއަށް އޮތް ރޯދަމަހު ބާއްވާ "އަލިމަގު ގުރުއާން ޗެލެންޖު"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ތައުލީމީ ނިޒާމުގައި ހިމެނޭ ނާސަރީއިން ފެށިގެން ގްރޭޑް 12އާ ހަމައަށް ބާއްވާ އެ މުބާރާތުގައި 16 އުމުރުފުރާ އަކަށް ބައިވެރިވެވޭނެ އެވެ.

އެ ޕްރޮގްރާމްގައި ރާއްޖޭގެ ތައުލީމީ މުގައްރަރުގެ އިސްލާމް މާއްދާގެ ގްރޭޑް 1އިން 10އަށް ހިމެނިފައިވާ ބައެއް ހަދީސްތައް ވެސް ހިމަނާފައި ވެއެވެ. އެ ހުރިހާ ބައިތަކުން ވެސް ދަސްކުރަން ކޮންމެ އުމުރުފުރައަކަށް ތަފާތު މިންވަރެއް ކަޑައެޅިފައިވެ އެވެ. އެއީ:

- ގުރުއާނުގެ ކުރުސޫރަތްތަކާއި، ނަމާދާ ގުޅޭ އާޔަތްތަކާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާ ގުޅޭ އާޔަތްތަކާއި، ކެތްތެރިކަމާ ގުޅޭ އާޔަތްތަކާއި އަދި ގުރުއާނުގައިވާ ބައެއް ދުއާތަކުގެ މާނަ ދަސްކުރުމާއި މާނަ ލިޔުން

- ތަޖުވީދުގެ ބައެއް ބައިތަކާއި، ގުރްއާނުގެ މައުލޫމާތުގެ ސުވާލުތަކާއި، ސޫރަތުގެ ނަންތަކަށް ބަލައިގެން ސޫރަތްތައް ތަރުތީބު ކުރުން

- ސޫރަތްތަކުގެ ނަމާއި ފުރަތަމަ އާޔަތް ގުޅުވުން

އަލިމަގު ގުރުއާން ޗެލެންޖް ޕްރޮގްރާމަކީ 2014 އިންފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަކޮށްގެން އަމިއްލަ ފަރާތަކުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަހަރަކަށްވުރެ އަހަރެއް ބައިވެރީންގެ އަދަދު ގިނަވަމުން އަންނަ އެ ޕްރޮގްރާމްގައި މިދިޔަ އަހަރު 795 މީހުން ބައިވެރިވި އެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް އެ ޕްރޮގްރާމް ހިންގަން ކަޑައަޅާފައި ވަނީ ކޮންމެ ތަނެއްގައި ތިބެގެން ވެސް ބައިވެރިވެވޭ ގޮތަށެވެ. ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

ޖުމްލަ 118،500ރ.ގެ ފައިސާގެ އިނާމު ކަނޑައަޅާފައި ވާއިރު، ކޮންމެ އުމުރުފުރާއަކުން އެންމެ މަތިން ޕޮއިންޓް ހޯދާ ތިން ބައިވެރިއަކަށް ފައިސާގެ އިނާމު ދޭނެ އެވެ.

1. އެންމެ ހަގު އުމުރުފުރާގެ އެންމެ މަތިން ޕޮއިންޓް ހޯދާ ތިން ބައިވެރީންގެ ތެރެއިން ކޮންމެ ބައިވެރިއަކަށް 1،000ރ.

2. އެންމެ މަތީ އުމުރުފުރާގެ އެންމެ މަތިން ޕޮއިންޓް ހޯދާ ތިން ބައިވެރީންގެ ތެރެއިން ކޮންމެ ބައިވެރިއަކަށް އިނާމްގެ ގޮތުގައި 5،000ރ.

ގުރުއާން ޗެލެންޖް 2023ގައި ރަޖިސްޓްރީ އަލިމަގު މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓު https://quiz.alimagu.com/ މެދުވެރިކޮށެވެ. މި ޗެލެންޖުގައި ހިމެނޭ ހުރިހާ ބައިތަކެއް ވެސް މިހާރު އޮންލައިން ކޮށް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަރިތަ ކުރެވޭނެ އެވެ.

ރަޖިސްޓްރީވެ އެކައުންޓް ވެރިފައިވުމުން ދަރިވަރަށް އެ ދަރިވަރެއްގެ އެކައުންޓުން ދަސްކުރަން ކަޑައެޅިފައިވާ ހުރިހާ ބައިތަކެއް ހިމެނޭ ޕީޑީއެފް ފައިލެއް ފެންނަން ހުންނާނެ އެވެ. އެ ފައިލް ޑައުންލޯޑް ކޮށްގެން ޕްރިންޓް ކޮށްގެނާއި ކޮމްޕިއުޓަރުންނާއި ޓެބްލެޓް ފަދަ ވަސީލަތެއް ބޭނުން ކޮށްގެން ޗެލެންޖަށް ދަސް ކުރެވޭނެ އެވެ.

އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު 7798620 އަށް ވައިބާ ވައިބާކޮށްގެން ލިބޭނެ އެވެ.

އެ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި، ކީރިތި ގުރުއާނުގެ މަައުލޫތަކުން ކުދިންގެ މައުލޫމާތުގެ ހަޒާނާ މުއްސަނދި ވެގެންދާ އަދި ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ބައިވެރިވެ ޕްރޮގްރާމްގެ މެޓީރިއަލް ޑައުންލޯޑްކޮށް އޮންލައިން ސުވާލުތަކަށް ޖަވާބުދީ ފަރިތަކޮށްލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމަކަށް ވުމުން މި ފުރުސަތުގެ ބޭނުން ވީހާ ވެސް ގިނަ ފަރާތްތަކުން ހިފަން އަލިމަގު ޖަމިއްޔާއިން އެދެ އެވެ.