Roadha Mihaaru
ގުރުއާނާއި މަދަހަ މުބާރާތުގައި ބައިވާން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

26 ފެބުރުއަރީ 2024

މާލެ ސިޓީ ކައުންސިލުން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސިޓީ ކައުންސިލުން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ގުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭއިރު، ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނެ އެވެ. މަދަހަ މުބާރާތުގައި ވެސް ބަލަނީ ހަމަ އެ އުމުރުފުރާތަކަށެވެ. އެއީ:

- 6 އަހަރުން ދަށް

- 9 އަހަރުން ދަށް

- 11 އަހަރުން ދަށް

- 13 އަހަރުން ދަށް

- 16 އަހަރުން ދަށް

- 19 އަހަރުން ދަށް

އެ ދެ މުބާރާތުގައި ވެސް ހަ އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފެއް ނުކުރާނެ އެވެ. ނަމަވެސް ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވައި، ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ދެ މުބާރާތަށް ވެސް އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ މިދިޔަ މަހުގެ އެއްވަނަ ދުވަހަށް އެ ބައިވެރިވާ ދަރިވަރަކަށް ފުރުނު އަހަރަށެވެ.

ގުރުއާން މުބާރާތުގެ އުމުރުފުރާއަށް ކަނޑައަޅާފައިވާ އިނާމު:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 8000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 6000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 4000ރ.

މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 25،000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 15،000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.

މަދަހ މުބާރާތުގެ ކޮންމެ އުމުރުފުރާއަކަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 3000ރ.

މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.

2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.

3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.

އެ ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް https://quranmadhaha.malecity.gov.mv/ ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.