މާލޭގައި ސައިކަލެއް ބަހަކާއި ކާރެއްގައި ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
21 ފެބުރުއަރީ 2024
މާލޭގައި ސައިކަލެއް ބަހަކާއި ކާރެއްގައި ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ސްޓެލްކޯ ބަސް ސްޓޮޕް ކައިރީގައި އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހިފައި ގޮސް، އެ މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް މިރޭ އަށެއް ޖަހާއިރު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި، ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އިމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާގެ ވާތު ފައި ފްރެކްޗާވެ، ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލާއި ބަހާއި ކާރަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
ސައިކަލު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބަހަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ
ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގައި ބަހަކުން ޖެހިއްޖެ
ބަހަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
ބަސް ޑްރައިވަރާ މެދު އަޅާނެ ފިޔަވަޅެއް ބަލަނީ
ނިދާފައި އިނދެ ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް
އެކްސިޑެންޓްވިކަން ބަހުގެ ފަސިންޖަރުންނަކަށް ވެސް ނޭނގޭ
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރު
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!