Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް

14 ނޮވެމްބަރ 2019

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި އިއްޔެ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަސް ޑްރައިވަރު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން ރޭ ހަތް ދުވަސް ދީފި އެވެ.

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި އިއްޔެ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަސް ޑްރައިވަރު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކްރިމިނަލް ކޯޓުން ރޭ ހަތް ދުވަސް ދީފި އެވެ.

މި އެކްސިޑެންޓުގައި، ދެމައިން ތިބި ސައިކަލް ގައި ބަސް ޖެހި، ކ. ތުލުސްދޫ ބޮނަސޭރާ، ފާތިމަތު އަންޖުން ޝަފީގު 13، ވަނީ މަރުވެފަ އެވެ.

އެތައް ބަޔަކަށް ބޮޑު ސިހުމެއް ލިބުނު މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 54 ދިވެހި ޑްރައިވަރެކެވެ. އެކްސިޑެންޓު ހިނގިތާ މާ ގިނައިރުތަކެއް ނުވަނީ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.

މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެކްސިޑެންޓުވި، ބަސް އޮޕަރޭޓް ކުރާ އެމްޓީސީސީން އިއްޔެ ބުނެފައި ވަނީ އެ އެކްސިޑެންޓު ހިނގިކަން، ބަހުގައި ތިބި އެއްވެސް މީހަކަށް ރޭކާ ވެސް ނުލާ ކަމަށެވެ.

"ސައިކަލެއްގައި ޖެހި އެވަރުގެ އެކްސިޑެންޓެއް ހިނގައިފިއްޔާ ބަހުގައި ކޮންމެވެސް ނިޝާނެއް ހުންނަންވާނެ ކަމަށް ބެލެވެނީ،" އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު ފުރޮޅަކުން ތަނަކުން ލޭކޮޅެއްހާ ހިސާބު ވެސް ފެންނާކަށް ނެތް. އަދި ކޫރުމެއްހާ ހިސާބު ވެސް ނެތް."

އެމްޓީސީސީން ބުނެފައި ވަނީ، މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އެ ބަހުގެ ވަރަށް ރަނގަޅު ފޮރެންސިކް ތަހުގީގެއް ކުރާ ކަމަށެވެ. އެކަމަކު އެ ކުންފުނިން ބުނާ ގޮތުގައި، މިހާތަނަށް ބެލިބެލުމުން ބަހުގެ އެއްވެސް މައްސަލައެއް ނުފެނެ އެވެ.

ދެ މައިން ސައިކަލްގައި ގޮސް، ހައިވޭ އަށް އެރިތާ މާ ގިނައިރުތަކެއް ނުވެ ކުރިމަތިން އެމްޓީސީސީގެ ބަހާ ހަމަވި ތަނާ ދެމައިން ދުއްވި ސައިކަލް، ބަހުގައި ޖެހި ވެއްޓުނީ ކަމަށް އާއިލާގެ ބައެއް މީހުން ބުނެ އެވެ. އަންޖުމްގެ ބޮލުގައި އޮތް ހެލްމެޓު ވެއްޓި، އޭނާގެ ބޯ ގޮސް ޖެހުނީ ތާރުގަނޑުމަތީގަ އެވެ. ނުރައްކާތެރި އެކްސިޑެންޓުގައި އަންޖުމްގެ މަންމަގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވި އެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ، އަންޖުންގެ އާއިލާގެ ބައެއް މެމްބަރުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓުވުމުގައި ބަސް ޑްރައިވަރުގެ އިހުމާލު ވަރަށް ބޮޑެވެ. އެއް ކަމެއްގެ ގޮތުގައި އެކަކު ފާހަގަ ކުރީ އެކްސިޑެންޓުވި އިރު ވެސް ބަސް ދުއްވަން އިން ޑްރައިވަރަށް އެކަން ނޭނގުމެވެ. "ބަސް ދިޔައީ އަންޖުމް ވެއްޓިފައި އޮއްވައި މޫނު މަތިން އަރާފައި ކަމަށް ވަނީ. އަންޖުމްގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ. ފުރޮޅު ބޮލަށް އެރުމުން އެހާ ބޮޑު ވަރުވީ،" އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

މި އަހަރުގެ ރޯދަ މަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެން ޓޫރިސްޓަކު ވެސް މަރުވެފައި ވެ އެވެ. އެ އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދިޖެހުމުންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ފަތިހު ހިނގާލަން ނުކުމެ އުޅުނު ޓޫރިސްޓެކެވެ. ބަސް ދުއްވާފައި ދިޔައީ އެ މީހާގެ ގައިގެ މަތިން ކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެ އެވެ.