Roadha Mihaaru
ކައުންސިލަރުންގެ ޝަރުތު ލުއިކުރި އިސްލާހު ތަސްދީގުކޮށްފި

ކައުންސިލަރުންގެ ޝަރުތަށް ބަދަލު ގެނައުމުގެ އިސްލާހު ތަސްދީގު ކުރައްވައިފި

15 ފެބުރުއަރީ 2017

ކައުންސިލަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ލުއިތަކެއް ގެނެސް، ބައެއް ބާވަތުގެ ކުށްތައް ސާބިތުވާ މީހުންނަށް ވެސް ކައުންސިލަރު ކަމަށް ވާދަ ކުރެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކައުންސިލަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ލުއިތަކެއް ގެނެސް، ބައެއް ބާވަތުގެ ކުށްތައް ސާބިތުވާ މީހުންނަށް ވެސް ކައުންސިލަރު ކަމަށް ވާދަ ކުރެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގަ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވުމުން މިދިޔަ ހަފުތާގައި ފާސްކުރި އެ އިސްލާހަކީ ބައެއް ކުށްތައް ސާބިތުވެފައި ތިބޭ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް އޮތްއޮތުން އުވާލައި އަދި އަތޮޅު ކައުންސިލް މެމްބަރުންނާއި ސިޓީ ކައުންސިލް މެމްބަރުންގެ އިތުރުން ރަށު ކައުންސިލް މެމްބަރުންގެ ޝަރުތު އެއް މާއްދާއެއްގައި ހިމަނައި، ފާސްކުރި އިސްލާހެކެވެ.

އެ އިސްލާހު ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ވެސް ދެން ބާއްވަން ޖެހޭނީ އެ އިސްލާހާ އެއްގޮތަށެވެ.

ކުރިން ގާނޫނު އޮންނަ ގޮތުން އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޚިޔާނާތާއި ރިޝްވަތުގެ ކުށާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ސާބިތުވެފައިވާ ފަރާތްތަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެކަމަކު އެ އިސްލާހުގައި ވަނީ އެ ބައި އުވާލައިފަ އެވެ. އެހެންވެ އެފަދަ ކުށްތައް ސާބިތުވެފައި ތިބޭ މީހުންނަށް ވެސް މިހާރު ވާދަ ކުރެވޭނެ އެވެ.

އެކަމަކު ކުރިން ވެސް އޮތްގޮތަށް ކުޑަކުދިންނާ މެދު ބަދު އަޚުލާގީ އަމަލު ހިންގިކަން ސާބިތުވާ މީހުންނާއި ރޭޕްގެ ކުށެއް ސާބިތުވެފައި ތިބޭ މީހުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށެއް ސާބިތުވެފައި ތިބޭ މީހުންނަށް އެއްވެސް ގޮތަކަށް ކައުންސިލް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތަށް ކުރިން އޮތަސް އެ އިސްލާހުގައިވާ ގޮތުން އެފަދަ މީހުންގެ ހުކުމް ތަންފީޒުކޮށް ނުވަތަ މައާފް ލިބުނުތާ ހަތް އަހަރުވެފައިވާ ނަމަ އިންތިޚާބުގައި ވާދަ ކުރެވޭނެ އެވެ.