Roadha Mihaaru
ކުރީގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލައެއް ބަލަނީ

ކުރީގެ ސަރުކާރުގެ ބަޔަކު ހިންގި ހިޔާނާތެއްގެ ތުހުމަތުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަނީ

23 ފެބުރުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން ހިންގި ހިޔާނާތެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން ހިންގި ހިޔާނާތެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުން ރޭ ބުނީ ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެކަމަކު، އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން ތަހުގީގު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދެ ވަޒީރަކާއި މިހާރު ވެސް މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ހިމެނޭ މައްސަލައެކެވެ.

އެ މައްސަލާގައި އޭސީސީން ވަނީ ބައެއް އޮފީސްތަކަށް ވަދެ ބައެއް މައުލޫމާތުތައް ވެސް ހޯދައިފަ އެވެ.