Roadha Mihaaru
އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ގައުމުތަކުގެ ގުޅުމަށް

އެންމެ ބޮޑުު ސަމާލުކަމެއް ދޭނީ އަވައްޓެރި ގައުމުތަކާ ގުޅުން ބަދަހިކޮށް، އަމާންކަން ގާއިމް ކުރަން: ޣައްސާން

24 ފެބުރުއަރީ 2024

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދޭނީ އަވައްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ގައުމުތަކުގެ މެދުގައި އަމާންކަން ގާއިމް ކުރަން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދޭނީ އަވައްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ގައުމުތަކުގެ މެދުގައި އަމާންކަން ގާއިމް ކުރަން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިންޑިޔާ އާއި ސްރީލަންކާގެ ކޯސްޓްގާޑާ ގުޅިގެން "އެކްސަސައިޒް ދޯސްތީ-16"ގެ ނަމުގައި ބާއްވާ އަސްކަރީ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޣައްސާން ވިދާޅުވީ ރައީސް މުއިއްޒު، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

އަދި ރައީސް ގެންގުޅުއްވައި ސިޔާސަތަކީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ރާއްޖެ ހިމެނޭ ސަރައްދުގެ އަމާންކަން ގާއިމް ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެކްސަސައިޒް ދޯސްތީ ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ބައިވެރިވެލައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް

އެކްސަސައިޒް ދޯސްތީ ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ބައިވެރިވެލައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް

ދޯސްތީގެ ނަމުގައި ބާއްވާ ތަމްރީނުތައް 1992 ވަނަ އަހަރު ފެށީ އިންޑިޔާ އާއި ރާއްޖެ އެވެ. ނަމަވެސް 2012 ވަނަ އަހަރު އެ ތަމްރީނުތަކުގައި ލަންކާ ބައިވެރިވުމަކީ، އެކަމަށް ލިބުނު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއީ އެގޮތަށް ކުރިއަށްގެންދާ 16 ވަނަ ތަމްރީނު ޕްރޮގްރާމެވެ. އެ އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި މިއަހަރު ބަންގްލަދޭޝް ކޯސްޓްގާޑުން ވެސް ބައިވެރިވާނެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި، މެރިޓައިމް އިންޓާޑިކްޝަން އޮޕަރޭޝަންސް، ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، މެރިޓައިމް ސާވޭލަންސް އަދި ކޮމިއުނިކޭޝަން ޑްރިލްތައް ކުރިއަށްގެންދާނެ އެވެ.

"އެކްސަސައިޒް ދޯސްތީ– 16" ފެށުމުގެ ރަސްމިއްޔާތު.-- ފޮޓޯ: އެމްއެންޑީއެފް

"އެކްސަސައިޒް ދޯސްތީ– 16" ފެށުމުގެ ރަސްމިއްޔާތު.-- ފޮޓޯ: އެމްއެންޑީއެފް

އަދި އެ ތަމްރީނުތަކުގެ ސަބަބުން ތިން ގައުމުގެ އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެ އެވެ.

އެ އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްދަނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގަ އެވެ.