Roadha Mihaaru
ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ދީފި

ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފި

03 މާޗް 2024

ތިމާވެއްޓާ ރައްޓެހި އެމްބިއުލާންސްތަކެއް ޗައިނާއިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިމާވެއްޓާ ރައްޓެހި އެމްބިއުލާންސްތަކެއް ޗައިނާއިން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ޗައިނާ އެމްބަސީގެ ފަރާތުން 12 ގްރީން އެމްބިއުލާންސް ހަވާލުކުރެއްވިކަމުގެ ރަމްޒީ ލިޔުން ދެއްވީ، އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވަން ލީޝިން އެވެ.

މިނިސްޓްރީގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދެވެ. އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާއިން ރާއްޖެއަށް ގްރީން އެމްބިއުލާންސް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފަސްޓް ލޭޑީ ސާޖިދާ (މ)، ޗައިނާ ސަފީރު ވަން ލިޒިން (ވ) އަދި ހެލްތުގެ ސްޓޭޓް ހަދީޖާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީން ބުނީ އެ އެމްބިއުލާންސްތަކާއެކު ރަށްރަށުގައި ކާރިސާގެ ވަގުތުތަކާއި އިމަޖެންސީ އަދި އެކްސިޑެންޓުތަކުގައި ބަލި މީހުންނަށް އަވަހަށް ސިއްހީ ކުއްލި ފަރުވާ ދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވަން ދަތިވާ ކުދި ރަށްތަކުގައި ވެސް، ގްރީން އެމްބިއުލާންސްގެ ސަބަބުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ޗައިނާއިން ރާއްޖެއަށް ގްރީން އެމްބިއުލާންސް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތުގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ޗައިނާއިން ރާއްޖެއަށް ގްރީން އެމްބިއުލާންސް ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތުގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ފަރުމާކޮށްފައިވާ ގްރީން އެމްބިއުލާންސް ހުންނަނީ ބަގީ ހުންނަ ގޮތަށެވެ. އެކަމަކު، އިށީންނަ ސީޓުތަކުގެ ބަދަލުގައި ބަހައްޓާފައި ވަނީ ސްޓްރެޗަރެވެ.

މިނިސްޓްރީން ވަނީ ކޮންމެ ހާލަތެއްގައި ވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިވާތީ ޝުކުރު އަދާކޮށްފަ އެވެ.