Roadha Mihaaru

އެއާ އެމްބިއުލާންސްގައި 804 ބަލި މީހަކު އުފުލައިފި

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި އެއާ އެބްލިއުލާންސްގައި މިހާތަނަށް 804 ބަލި މީހަކު އުފުލައިފި އެވެ.

އެއާ އެމްބިއުލާންސްގައި 804 ބަލި މީހަކު އުފުލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

21 ޖެނުއަރީ 2025

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި އެއާ އެބްލިއުލާންސްގައި މިހާތަނަށް 804 ބަލި މީހަކު އުފުލައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިހާތަނަށް 700 ދަތުރުކޮށް، 804 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ ޑޭޝް މަރުކާގެ މަތިންދާ ބޯޓަކެވެ. އެ ބޯޓު އެކީ ބަދަލު ކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާ އަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.

ރާއްޖޭގައި އެއާ އެބްލިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދެނީ ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.