Roadha Mihaaru
މަގާމުން ވަކިކޮށް އެއްލައިލަން އުޅުނީ އެމްޑީޕީން:ފުއާދު

މަގާމުން ވަކިކޮށް އެއްލައިލަން އުޅުނީ ހަށިގަނޑުގެ އެއްބައިގެ ގޮތުގައި ދުށް އެމްޑީޕީން: ފުއާދު

04 މާޗް 2024

ފިއްތުންތައް ކުރިމަތިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމުގެ ކަމުގެ މަގާމުން އޭނާ ވަކިކޮށް އެއްލައިލަން އުޅުނީ ހަށިގަނޑުގެ އެއްބައިގެ ގޮތުގައި ދުށް، އެމްޑީޕީން ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ތުހުމަތު ކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ފިއްތުންތައް ކުރިމަތިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމުގެ ކަމުގެ މަގާމުން އޭނާ ވަކިކޮށް އެއްލައިލަން އުޅުނީ ހަށިގަނޑުގެ އެއްބައިގެ ގޮތުގައި ދުށް، އެމްޑީޕީން ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ތުހުމަތު ކުރައްވައިފި އެވެ.

ފުއާދު މަގާމުން ވަކިކުރަން ކޮމިޝަނުގެ މެމްބަރުންތަކެއް އުޅުނީ، އެމްޑީޕީގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދުމުގައި ކޮމިޝަންގެ ތެރޭގައި ހިނގި ނުތަނަވަސްކަމާ ހެދި އެވެ.

ކޮމިޝަނުގެ ތިން މެމްބަރަކު އޭނާއާ ދެކޮޅަށް މަސައްކަތް ކުރައްވައި، މަގާމުން ވަކިކުރަން އުޅުނީ ފުއާދު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީ އަޑީގައި އޮވެެގެންނެވެ. އެ ޕާޓީން އެގޮތަށް އަމަލުކުރިއިރު، މިނިވަން މުއައްސަސާގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ނެތް ނަމަ އޭނާއަކީ އެމްޑީޕީ ފިކުރުގެ މީހެއް ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިހާބު ފަސްކުރުމާ މެދު މިދިޔަ ހަފްތާގައި ހިނގި ކަންކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުންނެވެ.

މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ކޮމިޓީގެ ލަފަޔާ ހިލާފަށް ސަރުކާރުން ބޭނުންވާ ގޮތަށް އިލެކްޝަންސް އިން ކަން ކުރާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވަނީ 2014 ވަނަ އަހަރު އެ މަގާމުގައި ހުންނެވިއިރު، ސަރުކާރުން ކުރިމަތިވަމުން ދިޔަ ފިއްތުންތަކަށް ބޯނުލެމބުމުން ކަން ދިމާވި ގޮތް ހިއްސާކުރައްވައިފަ އެވެ. ފުއާދު ވިދާޅުވީ އޭރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން އަދި އެމްޑީޕީ ޕީޖީ ލީޑަރެއްގެ ހައިސިއްޔަތުން އާޒިމް ވެސް ވަރަށް ތަރުހީބާއި ހިތްވަރު ދެއްވި ކަމަށެވެ.

މިނިވަން މުވައްސަސާއެއްގައި ހުންނައިރު އެއްވެސް ޕާޓީއެއްގައި އަޅުގަނޑަކަށް ނުހުރެވޭނެ. އެކަމަކު އަޅުގަނޑުގެ އެއްކަހަލަހެން އެތެރެހަށި ކޮނެލައިފިއްޔާ ހަމަ އަޅުގަނޑަށް ހީވަނީ [އެމްޑީޕީ] ނޫން އެއްޗެއް ނުފެންނާނެ ހެން.

"އޭރު ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އަޅުގަނޑު ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ހަދާފައި ބަސް ނާހައިފިއްޔާ ޖަލަށްވެސް ލާ ގޮތަށް، ބަސް އެހި ކަމަށް ވަންޏާ އެއް އަހަރު ދުވަހު މަގާމުގައި ހުރެވޭ ގޮތަށް. އަޅުގަނޑު ބަސް ނޭހިދާނެތީ އެއް އަހަރު ދުވަހަށް ދިޔައީ ރާއްޖެއިން ބޭރަށް،" ފުއާދު ވިދާޅުވި އެވެ.

އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް މަޖިލީހުން ވެސް އޭރު ބުނިނަމަވެސް، އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އޭގެ ފަހުން އެމްޑީޕީ ސަރުކާރަށް އައިސް ވެސް ލިބެން ޖެހޭ އިންސާފު ނުލިބޭ ކަމަށް ފުއާދު ވިދާޅުވި އެވެ.

އޭގެ ފަހުން ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ކަން ކުރައްވަނީ ވަރަށް ވިސްނުންތެރިކަމާއެކުގައި ކަމަށް ފުއާދު ވިދާޅުވި އެވެ.

މަގާމުގެ ގޮތުން ހުރިހާ ޕާޓީއެއް ވެސް ހަމަހަމަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް ތިބީ ފެށިގެން އައިރު އޭނާއާ އެއް ވިސްނުމެއްގައި މަސައްކަތް ކުރި ވަރަށް ގާތް މީހުން ކަމަށެވެ. އަދި ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް މަސައްކަތް ކުރީ ވީ އެންމެ އަވަހަކަށް އެކަން ކޮށްދެވޭތޯ ނަމަވެސް ކޮމިޝަންގެ ތެރެއިން އޭރު ނުކުތް އެއްޗަކުން ކޮމިޝަންގައި ތިއްބެވި ތިން މެންބަރަކު ދިމާކުރީ ފުއާދު މަގާމުން ވަކިކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ކިތަންމެ ގޮތަކުން އެނގިފައިވޭ އޭރު އަޅުގަނޑު ބޭރުކޮށްލަން ވެގެން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުން އެއްލާލަން ވެގެން މި މަސައްކަތް ކުރެއްވި ތިން މެންބަރުންގެ ފަހަތުގައި ތިބީ ވެސް އެމްޑީޕީކަން، އެއީ އަޅުގަނޑުގެ އެއްބައި ކަމަށް އަޅުގަނޑު ދެކޭ ޕާޓީއެއް،" ފުއާދު ވިދާޅުވި އެވެ.

"މިނިވަން މުވައްސަސާއެއްގައި ހުންނައިރު އެއްވެސް ޕާޓީއެއްގައި އަޅުގަނޑަކަށް ނުހުރެވޭނެ. އެކަމަކު އަޅުގަނޑުގެ އެއްކަހަލަހެން އެތެރެހަށި ކޮނެލައިފިއްޔާ ހަމަ އަޅުގަނޑަށް ހީވަނީ [އެމްޑީޕީ] ނޫން އެއްޗެއް ނުފެންނާނެ ހެން."

ފުއާދު ވިދާޅުވީ އެމްޑީޕީން އިންސާފުވެރިވާނެ ކަމަށް ގަބޫލުކުރެއްވިނަމަވެސް، ވަކި ތަފާތު ނޫން ކަމަށާއި މަގާމުގައި ދެމިހުރެވުނީ "ކިރިޔާ" ކަމަށެވެ.

އެމްޑީޕީ ސަރުކާރެއްކަމުގައި ވިޔަސް ޕީޕީއެމް ސަރުކާރެއް ކަމަށް ވިޔަސް، އެއްވެސް ސަރުކާރެއްގެ ބިރު ދެއްކުމަކަށް އިންޒާރަކަށް ބަލައިގެން އެއްވެސް ގާނޫނަކާ ގަވައިދަކާ ހިލާފަށް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ މިނިވަން މުވައްސަސާތަކަށް ހިމާޔަތް ނެތުން ކަމަށާއި ނޮވެންބަރުގައި ދައުރު ހަމަވިނަމަވެސް، ދެން ތިއްބެވި މިނިވަން މުވައްސަސާތަކުގެ މެންބަރުންނަޓަކައި އެކަން ކޮށްދެއްވުމަށް ފުއާދު އެދިވަޑައިގެންނެވި އެވެ.