މާސޭ (މާޗް 6) - ޔޫރަޕްގެ ކްލަބް މުބާރާތްތަކުގައި، އެންމެ ގިނަ މެޗު ކުޅެގެން ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ރެކޯޑް، މުގުރާލުމުގެ އުންމީދު ކީޕަރު ޕެޕޭ ރެއިނާ އާ ކޮށްފި އެވެ.
މާސޭ (މާޗް 6) - ޔޫރަޕްގެ ކްލަބް މުބާރާތްތަކުގައި، އެންމެ ގިނަ މެޗު ކުޅެގެން ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ރެކޯޑް، މުގުރާލުމުގެ އުންމީދު ކީޕަރު ޕެޕޭ ރެއިނާ އާ ކޮށްފި އެވެ.
މިހާރު ވިޔަރެއާލަށް ކުޅެމުންދާ ކީޕަރު، އެ ޓީމާ އެކު ޔޫރޮޕާ ލީގުގައި، މާދަމާ ރޭ ނުކުންނާނީ ފްރާންސްގެ މާސޭއާ ދެކޮޅަށެވެ.
މާސޭގައި ކުޅޭ އެ މެޗު ވާނީ ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގައި ރެއިނާ ކުޅޭ 192 ވަނަ މެޗަށެވެ. އެއާ އެކު ރޮނާލްޑޯއާ ފަސް މެޗަށް ކައިރި ކުރެވޭނެ އެވެ. ރޮނާލްޑޯ ވަނީ 197 މެޗު ކުޅެފަ އެވެ.
ރެއިނާ ބުނީ އެ އުންމީދުގައި ކުރިއަށް ދިއުމުގެ އުންމީދު އޭނާ ހުރި ކަމަށެވެ.
"އަހަރެމެން މި ތިބީ މި ކްލަބަށް ސަޕޯޓަރުންނަށް ހިތްހަމަޖެހުން ހޯދައިދޭން،" ރެއިނާ ބުންޏެވެ.
ކުރިން ލިވަޕޫލް އަދި ނަޕޯލީ އަށް ވެސް ކުޅުނު އުމުރުން 42 އަހަރުގެ ކީޕަރު ބުނީ ޔޫރޮޕާ ލީގުގައި ވިޔަރެއާލް ދަނީ ރަނގަޅަށް ކަމަށެވެ. ދެވަނަ ބުރަށް އެ ޓީމު ކޮލިިފައި ވީ ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ.
"މި މުބާރާތަކީ އަހަރެމެންނަށް ވަރަށް މުހިންމު މުބާރާތެއް. ވަރަށް ރަނގަޅަށް ފަށައިގެން ކުރިއަށް މިދަނީ އުންމީދަކީ މި ފޯރީގައި ގޮސް މުބާރާތް ކާމިޔާބު ކުރުން،" ރެއިނާ ބުންޏެވެ.
ރޮނާލްޑޯ އެނބުރި އައި މެޗުން މޮޅުވެ ޔުނައިޓެޑް އަނެއް ބުރަށް
ރޮނާލްޑޯ ޔޫރޮޕާ ލީގުގައި އަލަށް ލަނޑު ޖަހައިފި
ރޮނާލްޑޯ އާއެކު ތަފާތު ދައްކައި ނަސްރު ކުއާޓާ އަށް
ރޮނާލްޑޯއަށް 40، އަދިވެސް އެންމެ މަތީ ފޯމްގައި
އެންމެ ދަށް ޓީމޭ ބުނެވުމުން އަމޯރިމް މިހާރު ދެރަވޭ
ގްލޯބް ސޮކާ އެވޯޑް: ރޮނާލްޑޯއަށް ހައްގެއް ނޫން؟
ޔުނައިޓެޑުގެ މައްސަލަތަކުގެ ހައްލު ރޮނާލްޑޯއަށް އެނގޭ
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ
ޓޮޓެންހަމް އިން ފުރަތަމަ މެޗު ކާމިޔާބުކޮށްފި