މެންޗެސްޓާ (މާޗް 10) - މެންޗެސްޓާ ޔުނައިޓެޑްގެ ފުޓްބޯޅައިގެ ހުރިހާ ކޮންޓްރޯލެއް ހޯދާފައިވާ، ޖިމް ރެޓްކްލިފް ބޭނުން ވަނީ އެ ޓީމުގެ ހޯމް ދަނޑުގެ ގޮތުގައި ބޭނުން ކުރަމުންދާ އޯލްޑް ޓްރފޯޑް ދޫކޮށްލާފައި އާ ސްޓޭޑިއަމެއް އިމާރާތް ކުރަން ކަމަށް، އެ ކްލަބްގެ އޮފިޝަލަކު ބުނެފި އެވެ.
މެންޗެސްޓާ (މާޗް 10) - މެންޗެސްޓާ ޔުނައިޓެޑްގެ ފުޓްބޯޅައިގެ ހުރިހާ ކޮންޓްރޯލެއް ހޯދާފައިވާ، ޖިމް ރެޓްކްލިފް ބޭނުން ވަނީ އެ ޓީމުގެ ހޯމް ދަނޑުގެ ގޮތުގައި ބޭނުން ކުރަމުންދާ އޯލްޑް ޓްރފޯޑް ދޫކޮށްލާފައި އާ ސްޓޭޑިއަމެއް އިމާރާތް ކުރަން ކަމަށް، އެ ކްލަބްގެ އޮފިޝަލަކު ބުނެފި އެވެ.
ޔުނައިޓެޑްގެ ސްޓޭޑިއަމްގެ ގޮތުގައި އޯލްޑް ޓްރެފޯޑް ބޭނުން ކުރަމުންދާތާ މިހާރު 110 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ތާރީހީ އެ ސްޓޭޑިއަމް އަނެއްކާ ވެސް މަރާމާތު ކުރަން ވާހަކަތައް ވަނީ ފެށިފަ އެވެ. ގްރޭޓާ މެންޗެސްޓާގެ އޯލްޑް ޓްރެފޯޑް ސަރަހައްދު އަލުން ތަރައްގީ ކުރުމުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް އެ ކްލަބުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
އެ ކޮމިޓީގައި ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ގެރީ ނެވީލާއި މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަމް ހިމެނެ އެވެ. އެ ކޮމިޓީ ޗެއާ ކުރައްވަނީ ވޯލްޑް އެތުލެޓިކްސް ފެޑެރޭޝަންގެ ރައީސް އަދި އިނގިރޭސި ގާނޫނު ހަދަ މަކިލީހުގެ ތިރި ގޭގެ މެންބަރު ސަބޭސްޓިއަން ކޯ އެވެ. އޭނާ އަކީ ލަންޑަން އޮލިމްޕިކްސްގެ އޮގަނައިޒިން ކޮމިޓީގެ އެންމެ އިސް މެންބަރެވެ.
ޔުނައިޓެޑުން މީގެ ކުރިން ވެސް ވަނީ އޯލްޑް ޓްރެފޯޑް ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ. އެކަމަކު ޔުނައިޓެޑްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ އީއެސްޕީން އިން ބުނީ 90،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ހަދަން ހުށަހަޅަން ރެޓްކްލިފް ބޭނުންވާ ކަމަށެވެ.
"މިއީ އިނގިރޭސި ސިނާއީ ތާރީހުގައި އެހާ މުހިންމު ދައުރެއް އަދާކޮށްފައިވާ ގްރޭޓާ މެންޗެސްޓާގެ ސަރަހައްދަކަށް ގެންނަ ތަރައްގީގެ ބޮޑު ޕްރޮޖެކްޓަކަށް ވެދާނެ، އެކަމަކު މިއަދު އަލުން ކުރިއަރަން އާ އިންވެސްޓްމަންޓެއް ބޭނުންވާ ސަރަހައްދެއް،" ޓާސްކް ފޯސް އެކުލަވާލަން މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފުލާފައި ރެޓްކްލިފް ބުންޏެވެ.
"ދުނިޔޭގެ އެހެން ތަންތަނަށް ވުރެ އިންގްލެންޑްގެ ހުޅަނގު އުތުރުގައި ބޮޑެތި ފުޓްބޯޅަ ކްލަބުތައް ގިނަ. އެކަމަކު އަދިވެސް އަހަރެމެންގެ އަތުގައި ވެމްބްލީ، ކޭމްޕް ނޯ ނުވަތަ [ސްންޓިއާގޯ] ބެރްނަބެއު މިންގަނޑުގެ ދަނޑެއް ނެތް."
އޭނާ ބުނީ އެކަން ނިންމާނީ ހަމައެކަނި އެންމެ ފަރާތަކުން ނޫން ކަމަށެވެ. ޓާސްކްފޯސްއެއް އެކުލަވާލީ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ދެނެގަތުމަށް ކަމަށެވެ،
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
100،000 މީހުންގެ ސްޓޭޑިއަމެއް ޔުނައިޓެޑުން ހަދަނީ
ސްޓޭޑިއަމްގެ ފުރާޅުން ލީކްވާކަން ޔުނައިޓެޑަށް އެނގޭ
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ