މެންޗެސްޓާ (ޖުލައި 31) – ހަ އަހަރުތެރޭ 100،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ބިނާކުރަން މެންޗެސްޓާ ޔުނައިޓެޑުން ނިންމައިފި އެވެ.
31 ޖުލައި 2024
މެންޗެސްޓާ (ޖުލައި 31) – ހަ އަހަރުތެރޭ 100،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ބިނާކުރަން މެންޗެސްޓާ ޔުނައިޓެޑުން ނިންމައިފި އެވެ.
ޔުނައިޓެޑްގެ އެތެރޭގެ މަސްދަރަކާ ހަވާލާދީ އީއެސްޕީއެން އިން ބުނީ އެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ، ރިވިއު ކުރުމުގެ މަރުހަލާއެއް ކަމަށެވެ. ރިވިއު ކުރަނީ އެހެން ބިމެއްގައި އާ ސްޓޭޑިއަމެއް ހަދާނީތޯ ނުވަތަ މިހާރުގެ ސްޓޭޑިއަމް އޯލްޑް ޓްރެފާޑަށް ބޮޑު މަރާމާތެއް ކުރުމާ މެދު އެވެ. މި އަހަރު ނިމުމުގެ ކުރިން އެކަމަށް ގޮތެއް ނިންމާނެ ކަމަށް އީއެސްޕީއެންއިން ބުންޏެވެ.
ޔުނައިޓެޑްގެ ވިސްނުމަކީ 90،000 އާއި 100،000 ދެމެދުގެ އަދަދެއްގެ ސަޕޯޓަރުންނަށް އެއް ފަހަރާ ވަދެވޭވަރުގެ ސްޓޭޑީއަމެއް އިމާރާތް ކުރުމެވެ. އެ ޕޮރޮޖެކްޓަށް 2.6 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެ ކްލަބުން އަންދާޒާ ކުރެ އެވެ. އަދި އެ މަސައްކަތް 2030 އަށް ނިންމަން އެ ކްލަބުން ބޭނުންވެ އެވެ.
ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ބޭނުން ވަނީ އެހެން ބިމެއްގައި މުޅިން އާ ސްޓޭޑިއަމެއް ހެދުމަށެވެ. އެކަމަކު އެކަން ނިންމާނީ ހަދާ ރިވިއު އަށް ފަހު އެވެ.
ކުރިން ޔުނައިޓެޑަށް ކުޅުނު އެންޑީ ކޯލް ބުނީ އެ ކްލަބްގެ ސަޕޯޓަރުންނަށް ޒަމާނީ ސްޓޭޑިއަމެއް ބޭނުންވާ ކަމަށެވެ.
ޔުނައިޓެޑްގެ މިހާރުގެ ސްޓޭޑިއަމް ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ. ބޯކޮށް ވާރޭ ވެހޭނަމަ ފުރާޅުން އެތެރެއަށް ފެން ފައިބާ މައްސަލަ މިދިޔަ ސީޒަނުގައި ވަނީ ފާހަގަ ކުރެވިފަ އެވެ.
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ސްޓޭޑިއަމްގެ ފުރާޅުން ލީކްވާކަން ޔުނައިޓެޑަށް އެނގޭ
ރެޓްކްލިފް ބޭނުންވަނީ ޔުނައިޓެޑަށް އާ ސްޓޭޑިއަމެއް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ