Roadha Mihaaru
ހުއްދަ ނެތި ވީޑިއޯކުރުމުން ސަލްމާން ހިތްހަމަނުޖެހިއްޖެ

ހުއްދަ ނެތި ވީޑިއޯކުރުމުން ސަލްމާން ހިތްހަމަނުޖެހިއްޖެ

11 މާޗް 2024

ސަލްމާން ހާންގެ ފޭނަކު ހުއްދަ ނެތި ވީޑިއޯއެއް ނެގުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.

ސަލްމާން ހާންގެ ފޭނަކު ހުއްދަ ނެތި ވީޑިއޯއެއް ނެގުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރީ ވެސް ވީޑިއޯ ނެގި މީހާ އެވެ. އަދި އެއާ އެކު އެ ވީޑިއޯ ވަނީ ވައިރަލްވެފަ އެވެ.

އޭނާ އިންސްޓަގްރާމްގައި މި ވީޑިއޯ ހިއްސާކުރުމުން ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ސަލްމާން އޭނާގެ ސެކިއުރިޓީ ޓީމާ އެކު އެއާޕޯޓް ތެރޭގައި ހިނގާފައި ދަނިކޮށް އެތަނުގައި ހުރި އޭނާގެ ފޭނަކު މޯބައިލް ފޯނު ނަގައި އެ މަންޒަރު ރެކޯޑްކުރަން ފަށަ އެވެ. އަދި ސަލްމާން އެކަމާ ހިތްހަމަނުޖެހި، އެ މީހާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ވަގުތުން ފޯނު ނިއްވާލުމަށް އެދުނެވެ.

ސަލްމާންގެ ސެކިއުރިޓީ ޓީމުގެ މެމްބަރަކު އެކަން ނުކުރުމަށް ބުނި ފަހުން ސަލްމާން ވެސް ވަނީ ފޯނު ނިއްވާލުމަށް އެ މީހާ ގާތުގައި ބުނެފަ އެވެ. ސަލްމާން އެހެން ބުނުމުން އެ މީހާ ވަނީ ފޯނު ބާއްވައި ވަގުތުން މާފަށް ވެސް އެދިފަ އެވެ.

މި ވީޑިއޯ ނަގާފައި ވަނީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީ ހަފުލާތައް ފެށުމުގެ ގޮތުން މިދިޔަ ހަފުތާގައި ޖާމްނަގަރުގައި ބޭއްވި ޕާޓީގައި ބައިވެރިވުމަށް ފަހު ސަލްމާން އެނބުރި ބޮންބޭއަށް ދިއުމަށް އެއާޕޯޓުގައި ހުއްޓާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުންޏެވެ.