މެޑްރިޑް (މާޗް 14) - އިންޓަ މިލާނާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުގައި، ޕެނަލްޓީ ޝޫޓްއައުޓް އޭނާ ނުބަލާ ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
މެޑްރިޑް (މާޗް 14) - އިންޓަ މިލާނާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުގައި، ޕެނަލްޓީ ޝޫޓްއައުޓް އޭނާ ނުބަލާ ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިންޓައާ ދެކޮޅަށް ކުޅުނު މެޗުގައި 2-2 ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އެތުލެޓިކޯއިން ކާމިޔާބު ކުރީ 3-2 ންނެވެ.
ސިމިއޯނީ ބުނީ ޕެނަލްޓީ ޝޫޓްއައުޓްގައި އެތުލެޓިކޯ އަށް އަބަދުވެސް ކުރިމަތިވެފައި ވަނީ އުނދަގޫ ހާލަތެއް ކަމުން އެ މަންޒަރު ބަލަން އޭނާ ބޭނުން ނުވީ ކަމަށެވެ.
"އަހަރެން ނުބަލަން،" ޕެނަލްޓީ ޝޫޓްއައުތާ ބެހޭގޮތުން މެޗަށް ފަހު ސުވާލު ކުރުމުން ސިމިއޯނީ ބުންޏެވެ.
"އަހަންނަށް އެ ބެލުން އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވި. އަހަރެން ނިންމީ ނުބަލަން. ޔޭން [އޮބްލެކް] އަށް މިކަން ހައްގު. ޕެނަލްޓީ ޝޫޓްއައުޓްގައި އަހަރެމެންނަށް އަބަދުވެސް ވަރަށް އުނދަގޫކޮށް ގޮސްފައި ހުރީ."
ޗެމްޕިއަންސް ލީގުގައި ޕެނަލްޓީ ޝޫޓްއައުޓްގައި އެތުލެޓިކޯ އަށް ހިތްދަތި ނަތީޖާތަކެއް މީގެ ކުރިން ކުރިމަތިވެފައި އެބަ ހުއްޓެވެ. އެންމެ ބޮޑު ހިތްދަތީ ނަތީޖާއަކީ 2016 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ވާދަވެރި ރެއާލް މެޑްރިޑް އަތުން ވީ ބައްޔެވެ.
މެޑްރިޑްގެ ވަންޑާމެޓްރޯ ޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕެނަލްޓީ ޖެހި އިރު އޭނާ ބެލީ ދަނޑުގައި ހުރި ޓީވީން ދައްކަމުން ދިޔަ ސަޕޯޓަރުންގެ ފޮޓޯތަކަށް ކަމަށެވެ.
"އެއީ ވަރަށް އިމޯޝަނަލް ވަގުތެއް. މިއަދު އަހަރެމެންގެ ޓީމުގައި އޮތް ފެނުމުން. އުންމީދު އާ ވެގެންދޭ. އުފާވެރިކަން އަހަރެމެން ގެނެސް ދީފިން. އަހަރެމެން މި ތިބީ ޔޫރަޕްގެ އެންމެ ވަރުގަދަ އަށް ޓީމުގެ ތެރޭގައި."
އިންޓަ އަށް ކޯޗުކޮށްދޭނަން: ސިމިއޯނީ
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ސެލްޓިކް ސަޕޯޓަރުން ފަލަސްތީނު ދިދައިން ދަނޑުފުރާލައިފި
ޗެމްޕިއަންސް ލީގު ހޯދައި ގާޑިއޯލާ ފުޓްބޯޅައިގެ ތަހުތަށް
ލެވަންޑޯސްކީއާ އެކު ވެސް ބެޔާން އަތުން ބާސާ ބަލިވެއްޖެ
ދުވަހަކު ވެސް އެތުލެޓިކޯގެ ސްޓައިލަށް ފާޑެއް ނުކިޔަން
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ޔުނައިޓެޑް ކެޓުމުން ރަންގްނިކަށް ގޯސްވީ ރެފްރީ
އެތުލެޓިކޯ އަކީ ފޭވަރިޓެެކޭ ބުނާތީ އުފާކުރަން: ސިމިއޯނީ