ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ތައުރީފް ކޮށްފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ތައުރީފް ކޮށްފި އެވެ.
އާޓެޓާ ބުނި ގޮތުގައި ސިމިއޯނީ ބޭނުން ނަމަ ޕްރިމިއާ ލީގުގެ ކޮންމެ ޓީމެއްގައި ވެސް ސިމިއޯނީ އަށް ކާމިޔާބު ހޯދޭނެ އެވެ.
މިއީ އާސެނަލްގައި އާޓެޓާ މަސައްކަތް ކުރާ ހަތްވަނަ އަހަރެވެ. އޭނާ އެ ކްލަބާ ހަވާލުވީ ޑިސެމްބަރު 2019 ގައެވެ. މަ ފަހަރެވެ. ސިމިއޯނީ އެތުލެޓިކޯއާ ހަވާލުވިތާ 14 އަހަރު ވެއްޖެ އެވެ. މިހާރު ގުނަމުން މިދަނީ އޭނާގެ 15 ވަނަ އަހަރެވެ.
"އޭނާ އެއް ކްލަބެއްގައި އެއް ކުޅުންތެރިން ގޮވައިގެން ކިހާ ދުވަހެއް ބާއޭ ވިސްނާލެވޭ. އެވަރުން ނުވެގެން ޓީމު މޮޅުވާން އެހާ ބޮޑަށް މި މާހައުލުގައި ހިތްވަރުދީ އުޅެވޭނީ ވަރަށް މޮޅުވީމަ،" އާޓެޓާ ބުންޏެވެ.
އެތުލެޓިކޯއާ ދެކޮޅަށް ނުކުންނައިރު އާސެނަލް ވަނީ ހޮނިހިރު ދުވަހުގެ ރޭ 1-0 އިން ފުލަމް ބަލިކޮށްފަ އެވެ. އިނގިރޭސި ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އާސެނަލް މޮޅުވެފައިވާ އިރު އެ ޓީމު އޮތީ ތިން ޕޮއިންޓްގެ ލީޑުން ލީގުގެ އެއްވަނައިގަ އެވެ.
ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ، ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ސްޕެއިންގެ ވިޔަރެއާލާ ދެކޮޅަށެވެ. ސިޓީ ވަނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ލީގު މެޗުގައި އާލިން ހާލަންޑްގެ ގޯލުތަކުން 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ.
ސްޕެނިޝް ލީގުގެ ތާވަލުގައި ވިޔަރެއާލް، މިވަގުތު އޮތީ ތިންވަނައިގަ އެވެ. އެއް ޕޮއިންޓްގެ ތަފާތަކާއެކު އެތުލެޓިކޯ އޮތީ ހަތަރުވަނައިގަ އެވެ. ހަފްތާ ބަންދުގައި ވިޔަރެއާލް ލީގުގައި ރެއާލް ބެޓިސްއާ ވާދަކޮށް 2-2 އިން އެއްވަރު ވީ އެވެ. އެތުލެޓިކޯ ވަނީ 1-0 އިން އޮސަސޫނާ ބަލިކޮށްފަ އެވެ.
ސިމިއޯނީއާ ފުރައްސާރަކޮށް ރުޅިއަރުވާލައިފި
ފުރާނަ ދީގެން ވެސް ޕީއެސްޖީ ބަލިކުރަން ޖެހޭ: އާޓެޓާ
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ޕެނަލްޓީ ބަލާލާނެ ހިތްވަރު ސިމިއޯނީއަށް ނުލިބުނު
ޕޯޗުގަލްގައި ފަހު ވަގުތު އާސެނަލް ހިމޭން ކޮށްލައިފި
ޔޫސީއެލްއަށް އާސެނަލް އެނބުރި އައުން ފަސޭހަ މޮޅަކުން
ދުވަހަކު ވެސް އެތުލެޓިކޯގެ ސްޓައިލަށް ފާޑެއް ނުކިޔަން
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
އެތުލެޓިކޯ އަކީ ފޭވަރިޓެެކޭ ބުނާތީ އުފާކުރަން: ސިމިއޯނީ
"ހާލަތު މުހިއްމެއް ނޫން، އެތުލެޓިކޯ އަކީ ބިރެއް"