15 މާޗް 2024
ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ހިދުމަތް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ފައްޓަވައި ދެއްވައިފި އެވެ.
ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ހިދުމަތް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ފައްޓަވައި ދެއްވައިފި އެވެ.
މީގެ ކުރިން ވެސް އެކި ނަންނަމުގައި ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި އެވެ. އެކަމަކު، މީގެ ކުރިން ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮންނަނީ ބޭރުގެ ގައުމުތަކަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްލަތީފު މުހައްމަދު މިރޭ ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ އެއާ ކޮޕްސްގެ ލޯގޯ ވެސް އާންމުކޮށްފަ އެވެ.
"އެމްއެންޑީއެފް އެއާ ކޮޕްސް" ގެ ނަމުގައި ވައިގެ ސިފައިންގެ ހިދުމަތް އެމްއެންޑީއެފަށް ތައާރަފު ކޮށްދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން އޮޕަރޭޓް ކުރަން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ހަފުލާގައި ރައީސް މުއިއްޒު ސޮއިކުރެއްވި ގަރާރަކުންނެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް އެއާ ކޯގެ ހިދުމަތް އިފުތިތާހު ކުރުމާ އެކު، އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް ތައާރަފުކުރީ އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ކަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ރާއްޖެ ގެނައީ އަސްކަރީ ތިން ޑްރޯން އެވެ. އެކަމަކު، ކުރިމަގުގައި އިތުރު ޑްރޯން ގެންނަން ވަނީ ނިންމައިފަ އެވެ.
އެމްއެންޑީއެފުން ބުނީ، އަސްކަރީ ތިން ޑްރޯން މިރޭ އިފުތިތާހު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި "އަންމޭންޑް" އަދި "މޭންޑް" ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް ތައާރަފުކުރުން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދިވެހި ސިފައިންގެ ތެރެއަށް ވައިގެ ސިފައިންގެ ހިދުމަތް ތައާރަފު ކުރުމާއި އަސްކަރީ ޑްރޯން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޕަރޭޓް ކުރަން ފެށުމަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބާއްވާއިރު، ޑްރޯން އޮޕަރޭޝަންތަކުގެ ބޭސް އަކަށް މި އެއާޕޯޓު ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ.
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ
ޑްރޯންތައް ގަތުމުގައި ކޮރަޕްޝަނެއް ނެތް: ރައީސް
އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރަން ރައީސް މާފަރަށް
ތުރުކީ އިން ޑްރޯން ގެނެސް، މާފަރުގައި ބޭސްއެއް ހަދަނީ
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ކޯޓަށް
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް