Roadha Mihaaru
ކޯޓްއާއަށް އިތުރު އަނިޔާއެއްވެ ސީޒަން ނިމިއްޖެ

ކޯޓްއާއަށް އިތުރު އަނިޔާއެއް ކުރިމަތިވެ ސީޒަން ނިމިއްޖެ، ޓްރޭނިން ދޫކޮށްލީ ކަރުނަ އަޅަމުން

20 މާޗް 2024

މެޑްރިޑް (މާޗް 20) - ވައާތު ކަކުލަށް، ލިބުނު އަނިޔާއެއްގައި ކުޅުމާ ދުރުގައި ހުރި ޓިބޯ ކޯޓްއާގެ އަނެއް ކަކުލަށް އިއްޔެ ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަނުގެ ބާކީ އޮތްބައިގައި ވެސް އޭނާ އަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.

މެޑްރިޑް (މާޗް 20) - ވައާތު ކަކުލަށް، ލިބުނު އަނިޔާއެއްގައި ކުޅުމާ ދުރުގައި ހުރި ޓިބޯ ކޯޓްއާގެ އަނެއް ކަކުލަށް އިއްޔެ ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަނުގެ ބާކީ އޮތްބައިގައި ވެސް އޭނާ އަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.

ރެއާލް މެޑްރިޑްގެ ކީޕަރުގެ ވައާތު ކަކުލުގެ ލިގެމެންޓަށް މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ލިބުނު އަނިޔާގެ ރިކަވަރީ މަރުހަލާގެ ތެރެއިން އޭނާ ވަނީ ރެއާލްގެ ޕްރެކްޓިހަށް ނުކުންނަށް ފަށައިފަ އެވެ.

އިއްޔެ ޕްރެކްޓިހުގައި ހޭދަ ކުރަނީކޮށް އޭނާގެ ކަނާތު ފައިގެ އަނެއް ކަކުލަށް އަނިޔާވި އިރު ޓްރޭނިން ދޮށްދިޔައީ ފެންކަޅިވެ ހުރެގެންނެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އުންމިދުކޮށްގެން ހުރީ ޗެމްޕިއަންސް ލީގުގައި އަންނަ މަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ބެލްޖިއަމްގެ ކީޕަރު ފިޓް ވާނެ ކަމަށެވެ. އެކަމަކު ކަނާތު ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާގައި އިތުރު ހަތް ހަފުތާ އަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ރެއާލުން ބުނީ އިތުރު ޓެސްޓްތައް ހައްދާނެ ކަމަށެވެ. ބޮޑަށް ބެލެވެނީ އަނެއްކާ ވެސް އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ. ކޯޓުއާ ވަނީ 2015 ވަނަ އަަހަރު ހަމަ އެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

ސީޒަން ފެށުމުގެ ކުރިން އޭނާ އަށް އަނިޔާވުމުން މަގާމު ފޫބައްދަން ގެނައީ ޗެލްސީގެ ކީޕަރު ކެޕާ އަރީޒަބަލާގަ އެވެ. އޭނާ ގެނައީ ލޯނު އުސޫލުންނެވެ. ދެން ބަދަލު ކީޕަރު އަންޑްރޭ ލުނިން އާ ދެ ކީޕަރުންނަށް ވެސް ރެއާލްގެ މެޗުތަކުގައި ގިނަ ފުރުސަތުތަކެއް މި ސީޒަނުގައި އަންޗެލޮޓީ ދެ އެވެ.

އެކަމަކު އޭނާގެ އެއްވަނަ ކީޕަރަށް އިތުރު އަނިޔާއެއް ލިބުމަކީ އަންޗެލޮޓީ މާޔޫސް ވާނެ ސަބަބެކެވެ.