Roadha Mihaaru
ރެއާލް ސުޕަ ކަޕުގެ ފައިނަލަށް، ތަރިއަކަށްވީ ކޯޓްއާ

ރެއާލް ސުޕަ ކަޕުގެ ފައިނަލަށް، ތަރިއަކަށްވީ ކޯޓްއާ

12 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 12) - ޕެނަލްޓީޝޫޓް އައުޓްގައި ގޯލްކީޕަރު ޓިބައު ކޯޓްއާ ޕެނަލްޓީ ސޭންކޮށް ވެލެންސިއާގެ މައްޗަށް 4-3 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

ރިޔާދު (ޖެނުއަރީ 12) - ޕެނަލްޓީޝޫޓް އައުޓްގައި ގޯލްކީޕަރު ޓިބައު ކޯޓްއާ ޕެނަލްޓީ ސޭންކޮށް ވެލެންސިއާގެ މައްޗަށް 4-3 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގެ ފަހުދުބިން އަބްދުލް އަޒީޒު ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 ން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ވެލެންސިއާގެ ހޯޒޭ ގަޔާ ޖެހި ޕެނަލްޓީ ކޯޓްއާ ދިފާއު ކުރި އެވެ.

"ގޯލް ކީޕަރެއް ވެއްޖެއްޔާ ޕެނަލްޓީ ޖަހާ ގޮތް ދެނެގަންނަން ޖެހޭނެ،" މެޗަށް ފަހު ކޯޓްއާ ބުންޏެވެ.

"ގަޔާ އެންމެ ފަހުން ސެވިއްޔާ އާ ދެކޮޅަށް ޖެހި ޕެނަލްޓީ އޭނާ އަށް ނާކާމިޔާބުވި. އަދި ބެޓިސް އާ ދެކޮޅަށް ޖެހި ޕެނަލްޓީ އޭނާ ކާމިޔާބު ކުރީ މެދަށް ޖަހައިގެން. އެހެންވީމަ އަހަރެމެންނަށް ދެނެގަނެވުނު އޭނާ ޕެނަލްޓީ ޖަހާނީ އެދިމާލަށްކަން."

ގަޔާ އަށް ޕެނަލްޓީ ނާކާމިޔާބުވުމުގެ ކުރިން، އެ ޓީމުގެ ދެވަނަ ޕެނަލްޓީ އެރޭ ކޮމާޓް ޖެހީ ބޭރަށެވެ. އެ ޓީމުގެ ޕެނަލްޓީތައް ވައްދާލީ އެޑިންސަން ކަވާނީ، އިލައިކްސް މޮރިބާ ހޫގޯ ގިލޮމަން އެވެ. ރެއާލްގެ ޕެނަލްޓީތައް ޖެހީ ކެޕްޓަން ކަރީމް ބެންޒެމާ، ލުކަ މޮޑްރިޗް، ޓޯނީ ކްރޫޒް، އަދި މާކޯ އެސެންސިއޯ އެވެ.

މެޗުގައި ރެއާލްއިން ލީޑް ނެގީ ވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ ވައްދާލީ ބެންޒެމާ އެވެ. އެކަމަކު ދެވަނަ ހާފުގައި ސެމިއުލް ލިނޯ ވެލެންސިއާގެ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.

ފައިނަލުގައި ރެއާލް އާ ދެކޮޅަށް ނުކުންނާނީ ރެއާލް ބެޓިސް އާއި ބާސެލޯނާގެ ތެރެއިން ޓީމެކެވެ.

އެ ދެ ޓީމު ކުޅޭ މެޗު މިރޭ އޮންނާނެ އެވެ. ފައިނަލު މެޗު އޮންނާނީ ހޮނިހިރު ދުވހުގެ ރޭގަ އެވެ.