މިދިޔަ އަންގާރަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެ އޭސީސީން ތަހުގީގެއް ފެށީ، އެ އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ކޮރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެ އޭސީސީން ތަހުގީގެއް ފެށީ، އެ އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ކޮރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ތުހުމަތުގައި، އެ އެސޯސިއޭޝުންގެ އިންތިހާބު މަޑުޖައްސާލަން ވެސް އޭސީސީން ވަނީ އަންގައިފަ އެވެ.
"އޭސީސީން އެ މައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް އަންގަން ދެން އިންތިހާބު ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން އެންގީ،" މިކަމާ ބެހޭގޮތުން "މިހާރު" އަށް ލިބުނު ނޯޓްގައި ވެއެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެ https://t.co/4JOOGcUStB
— Mihaaru (@Mihaarunews) March 19, 2024
ބެޑްމިންޓަންގެ އިންތިހާބު މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވެސް ވަނީ މީގެ ކުރިން އަންގައިފަ އެވެ.
އެ އިންތިހާބު މާދަމާ ބާއްވާ ގޮތަށް އޮތީ ތާވަލުކޮށްފަ އެވެ. އެ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅޭ ގޮތުން ސްޕޯޓްސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ތޮލާލް ވަނީ ގާނޫނީ މައްސަލަތަކެއް ފާހަގަކޮށް އިންތިހާބުގެ ކުރިން ހިންގާގަވާއިދު އިސްލާހު ކުރަން އެދިފަ އެވެ.
އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އޭނާ ވަނީ ހުރި ކަންބޮޑުވުންތައް ހައްލުކޮށްފައި މެނުވީ އިންތިހާބު ނުބޭއްވުމަށް އަންގައިފަ އެވެ. އެކަމަކު އެ ސިޓީ އަށް އިޖާބަ ނުދީ އިންތިހާބުގެ މަސައްކަތްތަކައިގެން އެ އެސޯސިއޭޝަނުން ދިޔައީ ކުރިއަށެވެ.
ހިންގާ ގަވާއިދަށް ގެންނަން، ކޮމިޝަނާ ފާހަގަކޮށް ދެއްވާފައި ވާ އެންމެ ބޮޑު ބަދަލަކީ ވޯޓް ދޭ އުސޫލަށް ބަދަލު ގެނައުމަށެވެ.
އިންތިހާބުގެ ކުރިން ހިންގާގަވާއިދު އިސްލާހް ކުރަން ބީއޭއެމަށް އަންގައިފި https://t.co/sVgJ4LK4b4
— Mihaaru (@Mihaarunews) March 19, 2024
އިންތިހާބުގެ ލިސްޓްގައި ވާގޮތުން އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ތަކުން 100 އަށް ވުރެ ގިނަ ވޯޓް ދެ އެވެ. ބީޑީސީގައި ކިތަންމެ ގިނަ މެންބަރުންނެއް ތިބި ނަމަވެސް އެ މެންބަރުންގެ ނަމުގައި މަންދޫބަކު އައިސް އެ އަދަދަށް ވޯޓް ދެ އެވެ. ބީޑީސީ ތަކަކީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީކޮށްަފައިވާ ކޮމިޓީތަކެއް ނޫނެވެ.
"ކޮންމެ ފަރާތަކުން އާންމު ޖަލްސާގައި ލާން ޖެހޭނީ އެއް ވޯޓް ކަމަށާއި އަދި އިންޑަވިޖުއަލް މެންބަރުން ފިޔަވައި އެއްވެސް އެންޓިޓީ އަކުން އާންމު ޖަލްސާހައި ވޯޓް ލާނަމަ އެ އެންޓިޓީ އަކީ ސްޕޯޓްސް ކޮމިޝަނާ (ގެ އޮފީސް) ގައި ރަޖިސްޓަރީ ވެގެން ހިންގާ އެންޓިޓީ އަކަށް ވާން ޖެހޭނެ ކަމަށް މިއަދުގެ [ހޯމަ ދުވަހުގެ] މީޓިންގައި ވަނީ އެދިފަ. ރަޖިސްޓަރީ ވުމަށް ފަހު ވެސް އެ އެންޓިޓީ އަކުން ދެވޭނީ އެއް ވޯޓް ކަމަށް ވެސް ވާހަކަ ދެކެވުނު،" ހިންގާ ގަވާއިދަށް ގެންނަން ލަފާ ދީފައިވާ ބަދަލުތަކާ ބެހޭގޮތުން މިދިޔަ ހޯމަ ދުވަހު ތޮލާލް ވިދާޅުވި އެވެ.
މިހާރު ކަނޑައަޅާފައިވާ ތާރީހުގެ ކުރިން އިންތިހާބު ނުބޭއްވޭނަމަ ބީއޭއެމްގެ މިހާރުގެ އެކްސްކޯ މުއްދަތު ހަމަވެދާނެތީ އެކަމުގައި ދެން އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފައެއް ހޯދުމަށް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދެކޭ ގޮތް ހޯދުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ތުހުމަތަށް މޫސަގެ ފިހާރަ ވެސް ރެއިޑްކޮށްފި
ދެ މުބާރާތަކަށް ރިވައިވަލް ފުރައިފި
މިކްސް ޑަބަލްސްއިން ލައިބާގެ ޕެއާއަށް ބްރޯންޒް މެޑަލް
ލައިބާއާއެކު ކިޔާންވެސް ޕޮލިޝް ބެޑްމިންޓަން ޕެސްޓިވަލަށް
ބީއޭއެމުން އެދުނު ވަގުތީ އަމުރު ކޯޓުން ނެރެނުދިން
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އިސްތިއުފާ ދީފި
ބީއޭއެމްގެ މައްސަލަ ރިވައިވަލްއިން ވޯލްޑް ފެޑެރޭޝަނަށް
އޭސީސީން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެއްޖެ