ހދ. ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް އާ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
22 މާޗް 2024
ހދ. ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް އާ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ވައިކަރަދުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބުނީ މާދަމާ އާ ޖެނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.
ހދ. ވައިކަރަދުއަށް އާ އިންޖީނެއް ގެންދިއުމަށް ދޯންޏަށް ބަރުކޮށްފައި.
"މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ،" އެ ކުންފުނިން ބުންޏެވެ.
ވައިކަރަދުއަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ. އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އަދިވެސް އެ މައްސަލަ އަށް ހައްލެއް ނުލިބޭތީ، ރައްޔިތުން މިހާރު ވަނީ މަގުމައްޗަށް ނުކުމެ ނުރުހުން ފާޅުކުރަން ފަށައިފަ އެވެ.
އެ ރަށުން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ މިހާރު ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެއިން ކޮންމެ ސަރަހައްދަކުން ވެސް ކޮންމެ ތިން ގަޑިއިރަކުން، ތިން ގަޑިއިރަކުން ކަރަންޓު ކަނޑާލާ ކަމަށް އޭނާ ބުންޏެވެ.
ރޯދަމަހުގެ މެންދުރު ފަހުގެ ވަގުތަކީ، ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރަން ގިނަ މީހުން އުޅޭ ވަގުތެވެ. ނަމަވެސް، އެ ގަޑީގައި ވެސް ގޭގެއިން ކަރަންޓު ދާތީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ ކަމަށް، ވައިކަރަދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާ ޖަނަރޭޓަރުން ވައިކަރަދުއަށް ކަރަންޓުދޭން ފަށައިފި
ފެންވަރަނިކޮށް ކަރަންޓު ދިއުމުން ސައިބޯންޏާ އެކު މަގަށް
އައްޑުއަށް 1.8މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެންދަނީ
ފޮނަދޫ ފެން ޕްލާންޓު ހަދައި ހިދުމަތް ދޭން ފަށައިފި
ފެން ފްލާންޓު ހަލާކުވެ، ފޮނަދުއަށް ދަތިވެފައި!
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި
ދެ ޖަނަރޭޓަރު ހަލާކުވެ, ކެލާގެ ކަރަންޓު ކެނޑެނީ!