Roadha Mihaaru
އޮރެންޖުގެ އަގު ވެއްޓި، ފެހި އާފަލުގެ އަގު 10ރ.

އޮރެންޖުގެ އަގު ވެއްޓި، ފެހި އާފަލުގެ އަގު 10ރ. އަށް

24 މާޗް 2024

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އޮރެންޖުގެ އަގު އުފުލުނު ނަމަވެސް، މިހާރު އޭގެ އަގު ހެޔޮވެ، ފެހި އާފަލެއްގެ އަގު 10ރ. އަށް އަރައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އޮރެންޖުގެ އަގު އުފުލުނު ނަމަވެސް، މިހާރު އޭގެ އަގު ހެޔޮވެ، ފެހި އާފަލެއްގެ އަގު 10ރ. އަށް އަރައިފި އެވެ.

ކުރިން ފަސް ރުފިޔާ އަށް ހުރި އޮރެންޖުގެ އަގު ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ހުރީ 10ރ. އަށެވެ. އެކަމަކު މިހާރު އޮރެންޖެއް ލިބޭ އަގު ހުރީ 7-8ރ.އާ ދެމެދު ގަ އެވެ.

އޮރެންޖުގެ އަގު ތަންކޮޅެއް ހެޔޮވިޔަސް ފެހި އާފަލެއް މިހާރު ބާޒާރުގައި ހުރީ 10ރ. އަށެވެ. ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ފެހި އާފަލުގެ އަގު އުފުލުނީ މި ދުވަސްވަރު ފެހި އާފަލު ލިބުން ވަރަށް ބޮޑަށް ދަތިވެގެންނެވެ.

ބާޒާރުގައި ރަތް އާފަލެއް އުޅެނީ 4-6ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ރޯދަ މަހު އާންމުކޮށް ފަނި ގިރުމަށް ބޭނުންކުރާ ކަރާ ކިލޯއެއް އުޅެނީ 15-18ރ. ގަ އެވެ. އަދި ޕެޝަން ފްރުޓު ކިލޯއެއް 130ރ. ގައި އުޅޭއިރު ކުރުނބާއެއްގެ އަގަކީ 25-40ރ. އާ ދެމެދުގަ އެވެ.