Roadha Mihaaru
އޮސްޓްރޭލިއާގެ އާފަލް އާއި ދޮންކޭލުން ވެސް ތިނޯސް

އޮސްޓްރޭލިއާގެ އާފަލް އާއި ދޮންކޭލުން ވެސް ތިނޯސް

18 ސެޕްޓެމްބަރ 2018

މެލްބަން (ސެޕްޓެމްބަރު 18) - އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީގައި ތިނޯސް ހުންނަކަން ފާހަގަވެފައި ވަނިކޮށް އެ ގައުމުގައި އުފައްދާ އާފަލް އާއި ދޮންކޭލުން ވެސް ތިނޯސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެލްބަން (ސެޕްޓެމްބަރު 18) - އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީގައި ތިނޯސް ހުންނަކަން ފާހަގަވެފައި ވަނިކޮށް އެ ގައުމުގައި އުފައްދާ އާފަލް އާއި ދޮންކޭލުން ވެސް ތިނޯސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީން ތިނޯސް ފެންނަ މައްސަލަ މިދިޔަ ހަފުތާގައި ފުރަތަމަ ފާހަގަވެފައި ވަނީ ކްއީންސްލޭންޑުންނެވެ. އޭގެ ފަހުން ނިއު ސައުތު ވޭލްސް، ވިކްޓޯރިއާ، ދި އޮސްޓްރޭލިއަން ކެޕިޓަލް ޓެރިޓަރީ އަދި ސައުތު އޮސްޓްރޭލިއާ އާއި ޓެސްމޭނިއާ އިން ވެސް ފެނިފައިވެ އެވެ. ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ ބަޔަކު ގަސްދުގައި ހިންގާ ކަމެއް ކަމަށެވެ. ތިނޯހެއް އޮތް ސްޓްރޯބެރީއެއް ކެވުނު މީހަކު ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ތިނޯސް ހުރި އާފަލް އާއި ދޮންކެޔޮ ފެނިފައި ވަނީ ސިޑްނީން ކަމަށެވެ.

އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީން ތިނޯސް ފެނުނު މައްސަލަ ދަނީ ބަލަމުން.

އޮސްޓްރޭލިއާގައި އުފައްދާ ސްޓްރޯބެރީން ތިނޯސް ފެނުނު މައްސަލަ ދަނީ ބަލަމުން.

ސްޓޯބެރީން ތިނޯސް ފެނުމާ ގުޅިގެން ވަރަށް ގިނަ ބާވަތްތަކުގެ ސްޓްރޯބެރީ ވަނީ ފިހާރަތަކުން ނަގަން ފަށައިފަ އެވެ. ނިއު ޒީލެންޑުގެ އެންމެ ބޮޑެތި ތަރުކާރީ ފިހާރަތަކުން ވަނީ އޮސްޓްރޭލިއާގެ ސްޓްރޯބެރީ އެތެރެކުރުން މަނާކޮށްފަ އެވެ.

ސްޓްރޯބެރީން ތިނޯސް ފެނުމާ ގުޅިގެން އޮސްޓްރޭލިއާގައި ސްޓްރޯބެރީގެ މާކެޓް ވަނީ ވެއްޓިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީގެ ޕީކް ސީޒަނުގައި ދިމާވި މައްސަލައާ ގުޅިގެން އެތައް ހާސް މަސައްކަތު މީހުންނަކަށް ވެސް ވަނީ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީ މާކެޓުގެ އަގަކީ އަހަރަކު 130 މިލިއަން އޮސްޓްރޭލިއާ ޑޮލަރެވެ. ކްއީންސްލޭންޑުން ވަނީ ދަނޑުވެރިންނަށް ބަދަލުގެ ގޮތުގައި އެއް މިލިއަން އޮސްޓްރޭލިއާ ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

ކްއީންސްލޭންޑް ސްޓޭޓް ސަރުކާރުން ވަނީ އެކަން ކުރާ ބަޔަކު ހޯދުމަށް މަގުފަހިވާފަދަ މައުލޫމާތެއް ދިން ފަރާތަކަށް 100،000 އޮސްޓްރޭލިއާ ޑޮލަރު (72،000 އެމެރިކާ ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.