ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އެންމެ ފަހުން ގަރާރެއް ފާސްކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އެންމެ ފަހުން ގަރާރެއް ފާސްކޮށްފި އެވެ.
އިޒްރޭލަށް ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދިން ހަމަލާތަކާ ގުޅިގެން، ހަމާސް ނައްތާލަން ކަމަށް ބުނެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި މީގެ ކުރިން ހުށަހެޅި ގަރާރު އިޒްރޭލުގެ އެކުވެރި އެމެރިކާއިން ވީޓޯ ކުރިޔަސް މިފަހަރު ނިންމީ ވޯޓުގައި ބައިވެރި ނުވާށެވެ.
އިޒްރޭލާއި ހަމާސް އިން ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލި ގަރާރުގައި، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން ވެސް އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފަ އެވެ.
މި ގަރާރު ފާސްކުރުމުގެ ކުރިން އެކި ފަހަރުމަތިން ވަނީ ހަމަލާތައް ހުއްޓާލުމާ ބެހޭ ގަރާރަކާ މެދު އެއްބަސްވުމަކަށް އާދެވޭތޯ އެކި ގޮތްގޮތަށް މަސައްކަތްކޮށްފަ އެވެ. ކޮންމެ ފަހަރަކު ވެސް ގަރާރު ފާސް ނުވެ ފެއިލްވަނީ ބައެއް ގައުމުތަކުން، ގަރާރުގެ ބަސްމަގާ މެދު ހިތްހަމަނުޖެހޭތީ އެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކުރި ގަރާރަށް ވޯޓަށް އަހަނީ. -- ފޮޓޯ: އޭއެފްޕީ
މިފަހަރު އެމެރިކާއިން ވީޓޯގެ ބާރު ބޭނުން ނުކުރުން މާނަކުރެވެނީ، ހަމަލާތައް ހުއްޓާނުލައި އިޒްރޭލުން ފަލަސްތީނުގެ 32،000 މީހަކު ޝަހީދުކޮށްލާފައި ވާއިރު އެކަމާ ދެކޮޅަށް އެމެރިކާގެ އޮތް ހިތްހަމަނުޖެހުން އިތުރަށް ބޮޑުވެ ގުޅުން ގޯސްވެފައި ވުމަށެވެ.
ގަރާރު ފާސްކުރުމާ އެކު އިޒްރޭލުން ވަނީ އެމެރިކާގެ މި ނިންމުމާ މެދު "ހިތާމަކޮށް" ވާހަކަ ދައްކައިފަ އެވެ. މިއީ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމާގައި އިޒްރޭލަށް ދިން ދެރައެއްގެ ގޮތުގައި ސިފަކޮށް އެކަމާ ނުރުހުން ފާޅުުކުރުމުގެ ގޮތުން އިޒްރޭލުން ވަނީ ހަމަލާތައް ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިޒްރޭލުން އެމެރިކާއަށް ކުރަން އޮތް ދަތުރު ވެސް ކެންސަލްކޮށްފަ އެވެ.
"ހަމާސް އަށް މި ދެވުނީ، ރަހީނުކޮށްފައިވާ މީހުން މިނިވަން ނުކުރިޔަސް، ބައިނަލްއަގުވާމީ ޕްރެޝަރުން ހަމަލާތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ މެސެޖު،" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.
އިޒްރޭލުން ދަތުރު ކެންސަލްކޮށް ނުރުހުން ފާޅުުކުރުމުން އެމެރިކާއިން ވަނީ އެކަމާ ހިތާމަކުރާ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މީގެ ކުރިން އެތައް ފަހަރަކު ވަނީ، އިޒްރޭލުގެ ހަމަލާތަކުގައި މާ ގިނަ މީހުން މަރުވެއްޖެ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އަދަދު ގިނަވުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުން ހުއްޓާނުލައި ހަމަލާ ދެމުން ގެންދާއިރު ޣައްޒާގައި އާންމުން ބަނޑަށް ޖެހޭ ހާލަތަށް ވަނީ ގޮސްފަ އެވެ. އެކަމަކު އެހީގެ ސާމާނު ޣައްޒާއަށް ވަންދަން އިޒްރޭލުން ގަސްތުގައި ހުރަސްއަޅަމުން ގެންދާ ކަމަށް އދ. އން އެތައް ފަހަރަކު ވަނީ ބުނެފަ އެވެ. އެހެންވެ އެކަމުގައި ވެސް އެމެރިކާގެ ހިތްހަމަނުޖެހުން ކުރިން ފާޅުކޮށްފައިވެ އެވެ.
އެމެރިކާއިން އިޒްރޭލު ދިފާއު ނުކުރުމުން ރުޅިގަދަވެފައި
ހަމަލާ ހުއްޓާލުމުގެ ގަރާރު ތަންފީޒުކުރަންޖެހޭ: ރައީސް
އެމެރިކާގެ "އެއްކޮޅަށް ބުރަ" ގަރާރު ފެއިލްކޮށްލައިފި
ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލުމާ އެމެރިކާ ދެކޮޅު
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި