މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އިންޑިއާގެ ކްރިކެޓް ލީގު އައިޕީއެލްގެ މެޗެއް ބަލަން ސްޓޭޑިއަމްއަށް ދިޔަ ބޮލީވުޑްގެ ތަރި ޕްރިތީ ޒިންތާއަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އިންޑިއާގެ ކްރިކެޓް ލީގު އައިޕީއެލްގެ މެޗެއް ބަލަން ސްޓޭޑިއަމްއަށް ދިޔަ ބޮލީވުޑްގެ ތަރި ޕްރިތީ ޒިންތާއަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.
އެއީ ޕަންޖާބުގެ މުލަންޕޫރުގެ ކްރިކެޓް ސްޓޭޑިއަމްގައި ބޭއްވި މެޗެކެވެ. އެ މެޗުގެ ތެރެއިން ޓީވީ ސްކްރީނުން ވަނީ ޕްރިތީ ދައްކާލައިފަ އެވެ. އެ މަންޒަރުގެ ސްކްރީންޝޮޓް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެ ފޮޓޯ މިހާރު ވަނީ ވައިރަލްވެފަ އެވެ.
އުމުރުން 49 އަހަރުގެ ޕްރިތީ އަދިވެސް ވަރަށް ޒުވާންވެފައި ވަރަށް ރީތި ކަމަށް ބުނެ މި ފޮޓޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހިއްސާކުރަމުންނެވެ.
how yash chopra how she
— M. (@moodydamsel_) March 24, 2024
showed her after actually looks
22 years. after 20 years. pic.twitter.com/nYD7IZS8Jl
މީގެ 20 އަހަރު ކުރިން ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންއާ އެކު ޕްރިތީ ކުޅުނު ކާމިޔާބު ފިލްމު "ވީރް ޒާރާ"ގައި އޭނާ މުސްކުޅިކޮށް ހުންނައިރު ދައްކާ މަންޒަރާއި މި ފޮޓޯއާ ގިނަ ބަޔަކު އަންނަނީ އަޅާ ވެސް ކިޔަމުންނެވެ. އެ ފިލްމުގައި އޭނާ މުސްކުޅިވެފައި ހުއްޓާ ދައްކަނީ 22 އަހަރު ފަހުންނެވެ. އެކަމަކު، އެ ފިލްމުގައި ދެއްކި ވަރާ ގާތަށް ވެސް މިދިޔަ 20 އަހަރުގެ ތެރޭގައި އޭނާ މުސްކުޅި ނުވާ ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
މި މެޗު ބަލަން ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން ވެސް ސްޓޭޑިއަމްއަށް ދިޔަ އެވެ. އެހެންވެ ބައެއް މީހުން އަންނަނީ މިއީ "ވީރް ޒާރާ"ގެ ރީޔުނިއަންއެކޭ ވެސް ބުނަމުންނެވެ.
Veer-Zaara (2024) pic.twitter.com/pN1CkfLkpA
— Taha (@tahaactually) March 23, 2024
ޝާހު އެ މެޗަށް ދިޔައީ އޭނާ ސަޕޯޓްކުރާ ޓީމް ކޮލްކަތާ ނައިޓް ރައިޑާސް އަށް ތަރުހީބުދިނުމަށެވެ. އަދި ޕްރިތީ ދިޔައީ އޭނާގެ ޓީމް ޕަންޖާބް ކިންގްސް އަށް ސަޕޯޓްކުރުމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށް ފަހު މި އަހަރު ޕްރިތީ އަލުން ފިލްމެއް ކުޅެން ނިންމާފައިވާ ކަމަށާއި އެއީ ދެކުނު އިންޑިއާ ސިނަމާގެ ފިލްމެއް ކަމަށް ވެސް މީގެ ކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެ ފިލްމު އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
"ވީރް ޒާރާ" އަނެއްކާވެސް ސިނަމާ އަށް
އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ޝާހު
ޝާހުގެ ކޮލަށް ބޮސްދިން ފޭނަކު ޖަލަށްލާން ގޮވަނީ!
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
އަނަންޔާ ކައިވެނިކުރަން ފަސް އަހަރުގެ ޕްލޭނެއް ހަދައިފި
ޕޫނަމްގެ ގެއިން އަގުބޮޑު ފަށެއް ވަގަށް ނަގައިފި