Roadha Mihaaru
"ލަދު ކުޑަ މަންމަ" 13 ވަނަ ދަރިއަށް ބަލިވެ

"ލަދު ކުޑަ މަންމަ" 13 ވަނަ ދަރިއަށް ބަލިވެ

19 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުގައި ހުރި އެންމެ ދަރިން ގިނަ މީހާގެ ގޮތުގައި މަޝްހޫރުވެފައިވާ، 12 ދަރިންގެ މަންމަ ޝެރީލް ޕްރުދަމް 13 ވަނަ ދަރިއަކަށް ބަލިވެ އިންކަން އެނގުމާ އެކު އެ ގައުމުގެ މީޑިއާގެ ސަމާލުކަން އޭނާއަށް އަނެއްކާވެސް އަމާޒުވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިނގިރޭސި ވިލާތުގައި ހުރި އެންމެ ދަރިން ގިނަ މީހާގެ ގޮތުގައި މަޝްހޫރުވެފައިވާ، 12 ދަރިންގެ މަންމަ ޝެރީލް ޕްރުދަމް 13 ވަނަ ދަރިއަކަށް ބަލިވެ އިންކަން އެނގުމާ އެކު އެ ގައުމުގެ މީޑިއާގެ ސަމާލުކަން އޭނާއަށް އަނެއްކާވެސް އަމާޒުވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ޝެރީލް ބަލިވެ އިންނަނީ ދަރިންނަށް ދައުލަތުން ދޭ އިނާޔަތްތައް ހޯދަން ކަމަށް އޭނާ މީގެ ކުރިން ބުނެފައި ވާތީ މިއީ އެންމެ "ލަދު ކުޑަ މަންމަ"ގެ ގޮތުގައި މީޑިއާއިން ވަނީ ސިފަކޮށްފަ އެވެ. އެކި މީހުންނަށް ދަރިން ވިހަމުން ގޮސް މިހާރު 12 ހަމަވެފައި ވާއިރު އެ ހުރިހާ ކުދިންނަށް އަހަރެއްގެ މައްޗަށް ދައުލަތުން 40،000 ޕައުންޑު ލިބެ އެވެ. އެހެންވެ ޝެރީލް އަށް "ކްއީން އޮފް ބެނެފިޓްސް" އޭ ވެސް ކިޔަ އެވެ.

ޝެރީލް އަށް މި ލިބޭ ކުއްޖާއާ އެކު އޭނާގެ އިނާޔަތަށް 712 ޕައުންޑް އިތުރުވާނެ އެވެ. "ދަ ސަން" އިން ބުނީ ޝެރީލް އިނީ ބަލިވެ ކަމަށާއި މިހާރު ބަނޑަށް 12 ހަފުތާ ކަމަށް އޭނާ ވަނީ އެކުވެރިއެއްގެ ގާތު ބުނެފަ އެވެ.

ޝެރީލް ބުނެފައި ވަނީ އޭނާ މިހާރު ވަނީ ވިހެއުމަށް ދެވި ހިފާފައި ކަމަށެވެ. އެކަމަކު އޭނާ މާގިނައިން ދަރިން ހޯދާތީ އާއި އާއިލާއެއް ބިނާ ނުވެ އެކި މީހުންނަށް ދަރިން ހޯދަމުންދާ މައްސަލާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި ޝެރީލް އަކީ ވަޒީފާއެއް އަދާ ނުކުރާ މީހަކަށް ވެފައި މިގޮތަށް ދަރިން ހޯދައި، ޓެކްސް ފައިސާއިން ހުރިހާ ކަމެއް ހަމަޖައްސައިގެން އުޅުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ދެކޭ މީހުން ގިނަ އެވެ.