Roadha Mihaaru
ފްލެޓާއި ގޯއްޗާ ބެހޭ ކޮމިޓީއަށް އިތުރު ތިން މެމްބަރުން

ގޯއްޗާއި ފްލެޓާ ގުޅޭ މައްސަލަތަކުގައި ލަފާދޭ ކޮމިޓީއަށް އިތުރު ތިން މެމްބަރުން

01 އެޕްރީލް 2024

ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާދޭން އުފެއްދި މިނިވަން ކޮމިޓީއަށް އިތުރު ތިން މެމްބަރަކު ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާދޭން އުފެއްދި މިނިވަން ކޮމިޓީއަށް އިތުރު ތިން މެމްބަރަކު ހަމަޖައްސައިފި އެވެ.

''ބިންވެރިޔާ'' އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ ކޮމެޓީއަށް ފަސް މެމްބަރުން އައްޔަނުކުރީ މިދިޔަ މަހުގެ 14ގަ އެވެ.

އޭރު އެ ކޮމެޓީގެ ޗެއާއަކަށް އައްޔަނު ކުރީ އަނީސާ އަހުމަދު އެވެ. ސިއްހީ ސަބަބުތަކަށްޓަކައި އަނީސާ ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކޮމިޓީއަށް އަލަށް ތިން މެމްބަރަކު އިތުރު ކޮށްފައިވާ ކަމަށެވެ. އެއީ، މައުރޫފް ޖަމީލް އާއި ފާތުމަތު ސައީދާއި އާމިނަތު ޝާއިރާ އެވެ.

އެއާއެކު ކޮމިޓީގައި މިހާރު ތިއްބަވާނީ ޖުމްލަ ހަތް މެމްބަރުންނެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހާޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، އެކުލަވާލި ކޮމެޓީ- ފޮޓޯ: މިނިސްޓްރީ

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހާޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، އެކުލަވާލި ކޮމެޓީ- ފޮޓޯ: މިނިސްޓްރީ

ކޮމިޓީގެ މެމްބަރުން

1. އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)

2. އަބްދުލްއަޒީޒް ޔޫސުފް (ކޮމިޓީގެ ވައިސް ޗެއާ)

3. މުހައްމަދު މައުރޫފް ޖަމީލް

4. އަހުމަދު އަލީމަނިކު

5. މަރްޔަމް ފިޒާނާ ރަޝީދު

6. ފާތިމަތު ސައީދު

7. އާމިނަތު ޝާއިރާ

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.

މި ފްލެޓްތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.