04 އެޕްރީލް 2024
މިދިޔަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީން 529 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) މަދު ވެއްޖެ އެވެ.
މިދިޔަ އަހަރު ރިސޯޓުތަކަށް ލިބުނު އާމްދަނީން 529 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) މަދު ވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ހެދި ރިޕޯޓެއް ދައްކާ ގޮތުން މިދިޔަ އަހަރު ރިސޯޓުތަކުން ޖުމްލަ 3.9 ބިލިއަން ޑޮލަރު (60 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފައިވެ އެވެ. ރިސޯޓުތަކަށް 2022 ވަނަ އަހަރު ވަނީ 4.4 ބިލިއަން ޑޮލަރު (68 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފަ އެވެ.
ރިސޯޓުތަކުގެ އާމްދަނީ ދަށްވި އިރު ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާގެ ވިޔަފާރި އަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ 406 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ދަށްވެފަ އެވެ. މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އަށް ވަނީ ފަސް ބިލިއަން ޑޮލަރު ވަދެފަ އެވެ. ޓޫރިޒަމް ދާއިރާ އަށް 2022 ވަނަ އަހަރު 5.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެ އެވެ.
- ޖުމްލަ އާމްދަނީ: 5 ބިލިއަން ޑޮލަރު (ކުރީ އަހަރާ ބަލާއިރު،
- ރިސޯޓުތަކުން ލިބުނު އާމްދަނީ: 3.9 ބިލިއަން ޑޮލަރު
- ރިސޯޓުތަކުގެ ޓީޖީއެސްޓީ: 481 މިލިއަން ޑޮލަރު
- ރިސޯޓުތަކުން މަދުވި އާމްދަނީ: 529 މިލިއަން ޑޮލަރު
ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ދައުލަތަށް ދައްކާ ޓެކްސްގެ ތެރެއިން 85 ޕަސެންޓު ހިއްސާކުރަނީ ރިސޯޓުތަކެވެ. މިދިޔަ އަހަރު ރިސޯޓުތަކުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 481 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާގެ 90 ޕަސެންޓު ލިބެނީ ރިސޯޓުތަކުންނެވެ. މިދިޔަ އަހަރު ރިސޯޓުތަކުން 61 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ ދަށަށް ދިޔަ އިރު އޮކިއުޕެންސީ ރޭޓު ވެސް އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށްވަމުންނެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ލިބޭ އާމްދަނީ ދަށް ވަނީ ރާއްޖޭގައި ޓޫރިޒަމަށް އޮންނަ ޑިމާންޑު ރިސޯޓުތަކުން ގެސްޓްހައުސްތަކަށް އެނބުރިފައިވާތީ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ސަރުކާރުގެ ޓާގެޓަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. ސަރުކާރުން އަންނަނީ މި އަހަރު ނިމޭ އިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރަން ފަށަން ތައްޔާރުވަމުންނެވެ. އާ ޓާމިނަލް ބޭނުން ކުރަން ފަށައިފި ނަމަ އަންނަ އަހަރު ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެ، އުފެއްދުންތެރިކަން ވެސް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވެ އެވެ.
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި
ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ފިއުޗާ ސަމިޓު ބާއްވައިފި
ބޮޑުފިނޮޅުގައި ރިސޯޓް ހަދާތީ ކައުންސިލްގެ ކަންބޮޑުވުން
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ފްރާންސްގެ ބަކަރާ ބްރޭންޑްގެ ރިސޯޓެއް ރާއްޖެއަށް
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް