ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ "ޕީޕަލްސް ނޭޝަނަލް ފްރަންޓް" އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅަން ނިންމައިފި އެވެ.
26 ނޮވެމްބަރ 2023
ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ "ޕީޕަލްސް ނޭޝަނަލް ފްރަންޓް" އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ބޭއްވި ނިއުސް ކޮންފަރެންސްގައި، އެފްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވީ ލިޔެކިޔުންތައް ހުށަހެޅުމުން ޕާޓީ އުފެއްދުމުގެ ހުއްދަ ވަރަށް އަވަހަށް ދޭނެ ކަމުގެ ޔަގީންކަން އީސީން ދިން ކަމަށެވެ.
އުއްމީދު ކޮށްގެން ތިބީ މުއައްސިސުންގެ ގޮތުގައި ހުށަހަޅަން ނިންމި 8 ބޭފުޅުންގެ ކުށުގެ ރިކޯޑު މިއަދު ހެނދުނު ސާފުކުރެވޭނެ ކަމަށް ކަމަށާއި ނަމަވެސް އީސީގެ ގަވާއިދު ބުނާގޮތުން މުއައްސިސަށް ވެވޭނީ އެންމެ ބޭފުޅަކަށް ކަމަށް މަލީހު ވިދާޅުވި އެވެ.
އެހެންވެ، މުއައްސިސަކަށް ޒެއިންގެ ނަން ހުށަހަޅަން ނިންމާފައިވާ ކަމަށާއި ކުށުގެ ރިކޯޑު ސާފުވުމުން މިއަދު ވެސް ފޯމު ހުށަހަޅާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
ޔާމީން ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތީ އެ މަނިކުފާނުގެ ނަމުގައި ސިޔާސީ ޕާޓިއެއް ނުއުފެއްދޭނެ އެވެ.
އާ ސަރުކާރާ އެކު ޕީޕީއެމްގެ ލީޑަޝިޕުން ޔާމީން އެކަހެރިކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
ޔާމީންގެ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް
ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި
ޕީއެންއެފް ރަޖިސްޓްރީކުރާނީ ޔާމީން މިނިވަންވުމުން!
ޔާމީން ޕީއެންއެފް އަށް ސޮއިކުރައްވައިފި
"ޔާމީނަށް ޖަމީލު އިހުލާސްތެރިނުވާނެ، ހެކި އެބަހުރި"
ޔާމީންގެ ވަފާތެރިން ބުނަނީ ރާއްޖެ ބަދަލުކުރާނެ ކަމަށް
"ޖަމީލް ހެދީ އިތުރުފުޅެއް، ޔާމީން ނުގުޅުއްވާ"
"ޖަމީލަކީ ޔާމީންގެ ދުޝްމަނެއް،ނަގަނީ ނާޖާއިޒު ފައިދާ"
ޕީޕީއެމް ހިންގަން ޔާމީންގެ ކޮމިޓީއަކާ ހަވާލުކުރައްވައިފި