ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށް ހަމަޖައްސައި އެ ޕާޓީގެ ލޯގޯ މިރޭ އާންމުކޮށްފި އެވެ.
ޕީޕީއެމް ދޫކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށް ހަމަޖައްސައި އެ ޕާޓީގެ ލޯގޯ މިރޭ އާންމުކޮށްފި އެވެ.
ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޔާމީން އިސްވެ އުފައްދާ ޕާޓީއާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވަނީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ޕީއެންއެފްގެ ކުލައެއް ކަމަށް ކަނޑައެޅީ ދަނބުކުލަ އެވެ. އެކަމަކު، އެއީ އިލެކްޝަންސް ކޮމިޝަނުން ވެސް ގެންގުޅޭ ކުލަ ކަމަށް ވާތީ އެ ކުލަ ބޭނުންކުރަން ޕީއެންއެފް އަށް ހުއްދަ ދީފާނެ ކަމަކަށް ނުބެލެވެ އެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ pic.twitter.com/ZWe0bLPoJN
— People's National Front (@PNFront) November 25, 2023
ޔާމީނަކީ ގައިދީއަކަށް ވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ މަނިކުފާނަކަށް ނެތެވެ. ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައި އޮތަސް މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ޕީޕީއެމްގައި ވެސް އެ މަނިކުފާނުގެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ.
މަލީހް ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހަޅާނެ ކަމަށެވެ.
ޔާމީން ވަނީ ކުރިން ޕީއޭގެ ނަމުގައި ވެސް ޕާޓީއެއް ހިންގަވައިފަ އެވެ. ފަހުން، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕީޕީއެމްގެ ބާރު ހޯއްދެވުމާ އެކު، ދެން ހިންގެވީ ޕީޕީއެމެވެ.
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
ޔާމީންގެ އާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން
ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި
ޔާމީން ޕީއެންއެފް އަށް ސޮއިކުރައްވައިފި
ޔާމީނަށް ވާދަކުރެވޭނެތޯ އީސީން މިއަދު ނިންމަނީ
ޔާމީންގެ ފޯމުގައި ސޮއިކުރެވޭ ގޮތް ހަދަން އެދިއްޖެ
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
ކާމިޔާބުން އެނގުނީ ޔާމީނަށް ދެމުންދާ އަނިޔާ: އަދުރޭ
"ސިޔާސީ މައިދާނަށް މި ނުކުތީ ޑިމޮކްރަސީ ނެތިގެންދާތީ"
ސަފުތައް ރުކުރުވާލައި ޕީޕީއެމް އެކުގައި ނުކުންނަނީ