Roadha Mihaaru
27 ވިލޭރޭގެ އަޅުކަމަށް 2.5 މިލިއަން މީހުން ޖަމާވި

27 ވިލޭރޭގެ އަޅުކަމަށް 2.5 މިލިއަން މީހުން ޖަމާވި; ހަރަމްފުޅު ސަރަހައްދުގައި ހުސް މަގެއް ވެސް ނެތް

06 އެޕްރީލް 2024

ބަރަކާތުން ފުރިގެންވާ ލައިލަތުލް ޤަދްރި ކަމަށް އެންމެ ބޮޑަށް ބެލެވޭ، ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅުގައި އަޅުކަންކުރަން ދިޔަ މީހުން އާދަޔާ ހިލާފަށް ގިނަވެ ހަރަމްފުޅާއި ހަރަމްފުޅު ވަށައިގެންވާ ސަރަހައްދުގެ މަގުތަކަށް ދަންދެން ރޭ ފުރިއްޖެ އެވެ.

ސައޫދީގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ރޭގެ އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ހަރަމްފުޅަށް ދިޔަ މީހުންގެ އަދަދު 2.5 މިލިއަނަށް އަރަ އެވެ.

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅަށް އަޅުކަމަށް މީހުން ޖަމާވެ މުޅި ސަރަހައްދު ފުރިފައި.

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅަށް އަޅުކަމަށް މީހުން ޖަމާވެ މުޅި ސަރަހައްދު ފުރިފައި.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަރަމްފުޅުގައި [ތަވާފް ކުރުމަށް އޮންނަ] މަތާފް ސަރަހައްދާއި ހުރިހާ ފަންގިފިލާތަކާއި ޓެރަސްތަކާއި ކޯޓްޔާޑާއި ބޭސްމަންޓާއި ހަރަމްފުޅު ސަރަހައްދަށް މިހާރު އިތުރުކުރަމުން ގެންދާ ބައި ވެސް ފުރި ވަށައިގެންވާ ސަރަހައްދުގެ މަގުތައް ވެސް އޮތީ އަޅުވެރިން ޖަމާވެ ފުރިފަ އެވެ.

ސައޫދީ ޕްރެސް އެޖެންސީން ކުރިން ބުނެފައިވާ ގޮތުގައި ފަހު 10 ގައި ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނާއި އުމްރާވެރިން ގިނަވާނެތީ މިފަހަރު ވަނީ އިތުރު އިންތިޒާމްތައް ވެސް ހަމަޖައްސައިފަ އެވެ. ހަރަމްފުޅު ސަރަހައްދުގައި އެކި މަސައްކަތްތަކަށް އިތުރު މުވައްޒަފުން ހަމަޖެއްސުމާ އެކު ޓެކްނޮލޮޖީ ބޭނުންކުރުން ވެސް ވަނީ އިތުރުކޮށްފަ އެވެ.

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅަށް އަޅުކަމަށް ޖަމާވި މީހުން ގިނަ އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި.

ރަމަޟާން މަހުގެ 27 ވިލޭރޭ މައްކާގެ ހަރަމްފުޅަށް އަޅުކަމަށް ޖަމާވި މީހުން ގިނަ އެ ސަރަހައްދުގެ މަގުތައް ވެސް ފުރިފައި.

ރޭގެ އަޅުކަމަށް މިހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވި ނަމަވެސް ރައްކާތެރިކަމާ އެކު ހުރިހާ ކަމެއް ކުރިއަށްދިޔަ ކަމަށާއި އިންތިޒާމްތައް ހުރީ ވަރަށް ރަނގަޅަށް ކަމަށް ހަރަމްފުޅުގެ އިމާމް ޝައިޚް ޑރ. އަބްދުއްރަހްމާން އާލް ސުދައިސްއާ ހަވާލާދީ ސައޫދީ ޕްރެސް އެޖެންސީން ބުންޏެވެ.