Roadha Mihaaru
އަލީ ޒާހިރު: މިނިވަންކަމާއެކީ ތަފާތު ދައްކަން!

އަލީ ޒާހިރު ނުކުންނަނީ މިނިވަންކަމާއެކީ ތަފާތު ދައްކަން!

08 އެޕްރީލް 2024

މިދިޔަ ފަސް އަހަރު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމް އަދާ ކުރެއްވި އަލީ ޒާހިރާ ހަމައަށް ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަ އެވެ. އޭނާ ވަނީ އެ ކަންބޮޑުވުންތައް ހައްލު ކުރާނެ ގޮތުގެ އެތައް މަޝްވަރާއަކާއި އިލްމީ އެތައް މަސައްކަތެއްގައި ވަރަށް ގާތުން ބައިވެރިވެވަޑައިގެންފަ އެވެ.

މިދިޔަ ފަސް އަހަރު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމް އަދާ ކުރެއްވި އަލީ ޒާހިރާ ހަމައަށް ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަ އެވެ. އޭނާ ވަނީ އެ ކަންބޮޑުވުންތައް ހައްލު ކުރާނެ ގޮތުގެ އެތައް މަޝްވަރާއަކާއި އިލްމީ އެތައް މަސައްކަތެއްގައި ވަރަށް ގާތުން ބައިވެރިވެވަޑައިގެންފަ އެވެ.

ސަރުކާރާއި މަޖިލީހުގެ ތެރެއިން ވެސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް އެކަން ކަން ކުރެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ހުންނެވުމަކީ، އޭނާއަށް އެ މަސައްކަތްތަކުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް އޮތް ވަރަށް ބޮޑު ފަސޭހައެކެވެ.

އަލީ ޒާހިރަކީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ވެސް އާ ބޭފުޅެއް ނޫނެވެ؛

އެ ތަޖުރިބާތަކުގެ އަލީގައި އަޅުގަނޑު މިހުރީ ހަމައެކަނި ފެލިދޫ ދާއިރާއަށް ފޯކަސްކޮށްގެން މި ދާއިރާގެ މީހުންގެ ހައްގުގައި ނުކުމެ. އަޅުގަނޑަށް ތަފާތު ދެއްކޭނެ ކަމުގެ ޔަގީން ކަން އެބައޮތް. -- އަލީ ޒާހިރު

އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު ސިޔާސީ މަސްރަހުގައި ކަންކަން ބަދަލުވަމުން ދާ ގޮތާއި ސިޔާސީ ގޮތުން މައްސަލަތައް ހައްލު ކުރަން ކުރެވިދާނެ އެތައް ކަމެއް އޭނާ ވަނީ ތަޖުރިބާ ކުރައްވައިފަ އެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި، އަދި ސިޔާސީ ބޭފުޅެއްގެ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އަދި ރައްޔިތުން ބޭނުންވާ ކަންކަމަށް ވަރަށް ފަރިތަ ބޭފުޅެކެވެ.

ސިޔާސީ ގޮތުން އޭނާ ކުރިމަތިލައްވައިގެން އެ ހުންނެވީ އަނެއްކާވެސް ވަރަށް މުހިއްމު މަސައްކަތެއް ކުރައްވުމަށެވެ. ފެލިދޫ ދާއިރާގެ އަޑު މަޖިލީހުގައި އިއްވައި ހައްގުތަކަށް ވަކާލާތުކޮށްދެއްވާށެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ކަމަށް އަލީ ޒާހިރު ވާދަކުރައްވަނީ އެއްވެސް ސިޔާސީ ޕާޓީއެއް ތަމްސީލްނުވާ ގޮތަށެވެ.

އެ ނިންމެވުމުގެ ފަހަތުގައި އޮތީ، ދާއިރާއަށް ފައިދާކުރާނެ މުހިއްމު ބޭނުމެކެވެ.

"ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރި އިރު އެތައް މަސައްކަތެއްކޮށް ވަރަށް ގިނަ މީހުންގެ ކަންކަމަށް އެޓެންޑްވިން. އެ ތަޖުރިބާތަކުގެ އަލީގައި އަޅުގަނޑު މިހުރީ ހަމައެކަނި ފެލިދޫ ދާއިރާއަށް ފޯކަސްކޮށްގެން މި ދާއިރާގެ މީހުންގެ ހައްގުގައި ނުކުމެ. އަޅުގަނޑަށް ތަފާތު ދެއްކޭނެ ކަމުގެ ޔަގީން ކަން އެބައޮތް،" ގާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލް ކޮށްފައިވާ އަލީ ޒާހިރު "މިހާރު" އަށް އަށް ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ކުރިން ބޭއްވި ޕްރެސްއެއްގައި އަލީ ޒާހިރުއާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.-- ފައިލް ފޮޓޯ: މިހާރު

އަދާލަތު ޕާޓީން ކުރިން ބޭއްވި ޕްރެސްއެއްގައި އަލީ ޒާހިރުއާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.-- ފައިލް ފޮޓޯ: މިހާރު

އަޅުގަނޑު ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތެއްގެ ވިންދުގައި ވަކާލާތު ކުރާނެ. އިންޑިވިއުލް މީސް މީހުންނަށް ދިމާވާ ކަންކަމާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ވާހަކަ މި ދައްކަނީ. -- އަލީ ޒާހިރު

މަސައްކަތް ގިނަ، އުންމީދު ބޮޑު

ފެލިދޫ ދާއިރާގައި ލޯކަލް ޓޫރިޒަމް ކުރިއެރުވެން އޮތް އިރު، އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ލޯކަލް ޓޫރިޒަމް ފުޅާކުރަން ފެލިދޫ ދާއިރާގެ ތިން ރަށުގައި ވެސް ވަރަށް އަވަހަށް ހިންގަން ޖެހޭ އުމްރާނީ މަޝްރޫއުތަކެއް އެބަހުއްޓެވެ.

ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން އުޅަނދުތައް ބޭނުން ކުރަން ޖެހޭ އިރު ތިނަދޫގެ ބަނދަރު ވަރަށް ބޮޑަށް ވެއްޓި ހަލާކުވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ބަޔަކަށް އެވޯޑު ކޮށްފައި އޮތް ނަމަވެސް މަސައްކަތެއް އަދި ނުފެށެ އެވެ. އެއީ، އަވަސް ކުރަން ޖެހޭ ކަމެއް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ފުލިދޫގައި ވެސް މިވަގުތު އޮތީ ޖެޓީއެއް ކަމަށާއި އެ ވެސް ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށުގައި ވެސް ގެސްޓް ހައުސްތައް އިތުރުވަމުން އަންނަ އިރު ބަނދަރެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެލިދޫގައި އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ޖާގައިގެ ދަތިކަން ކަމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތިން ރަށުގައި ވެސް ފެނާއި ނަރުދަމާ ގާތްގަނޑަކަށް ނިމިފައިވީ ނަމަވެސް ހިދުމަތް ރަނގަޅަށް ނުފެށި ހުރި ކަމަށާއި އެކަންކަން ވަރަށް އަވަހަށް ފަށަން ޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"މި މަސައްކަތްތައް އަވަސް ކުރަން މަޖިލީހާއި ސަރުކާރުގެ ތެރެއިން ކުރެވޭނެ އެތައް މަސައްކަތެއް އެބައޮތް." އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު، މަޖިލިސް ކެމްޕެއިންގައި މީހަކާ ސަލާން ކުރައްވަނީ.

އަލީ ޒާހިރު، މަޖިލިސް ކެމްޕެއިންގައި މީހަކާ ސަލާން ކުރައްވަނީ.

އުމްރާނީ މަސައްކަތްތަކުގެ އިތުރުން ތިން ރަށުގެ ރައްޔިތުންގެ ހާލަތު ރަނގަޅުކޮށް އިގްތިސާދީ ގޮތުން ތަނަވަސް ދާއިރާއަކަށް ހެދުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުރި ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލްތަކުގެ އެއްބާރުލުމާ އެކު ވެސް ކުރެވޭނެ މަސައްކަތްތައް ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ރަށެއްގައި ބަލަހައްޓަން ޖެހޭ ފަރާތްތައް ނުބެލެހެއްޓުމުގެ ސަބަބުން އަދި އެންމެ މީހަކު ލިޔެލާ ރިވިއުއަކުން މުޅި ރަށުގެ ޓޫރިޒަމަށް ގެއްލުން ވެދާނެ. މިބާވަތުގެ ކަންކަމުގައި މުޅި ރަށް އެއްކޮށް ހޭލުންތެރި ކުރުވުން އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ކުރަން ރާވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި؛

- ދާއިރާގެ ޓޫރިޒަމާ ބެހޭ ކަންބޮޑުވުންތަކުގައި އަޑު އުފުލަން އެސޯސިއޭޝަންތައް އުފެއްދުން.

- ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރު ކުރުމާއި އެ ފައިސާ ރަނގަޅަށް ޔޫޓިލައިޒް ކުރުން.

- ޓޫރިޒަމް ބޫސްޓް ކުރަން މަސައްކަތް ކުރުން.

- ލޯކަލް ޓޫރިޒަމަށް ފަހިވާ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން މަސައްކަތް ކުރުން.

މީގެ އިތުރުން އަލީ ޒާހިރު ގަބޫލުކުރައްވާ ގޮތުގައި، ފެލިދޫ ދާއިރާއަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ ތިން ރަށުގައި ވެސް ރަށު މީހުން ރަށުގައި އުޅެވޭނެ ގޮތެއް ހެދުމެވެ. މީގެ ކުރިން ދިމާވެފައިވާ އެކި އެކި މައްސަލަތަކާ ހެދި އަދި ރަށުން އެކަށީގެންވާ ހިދުމަތްތައް ނުލިބޭތީ ރަށުގައި އުޅެން ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ ރަށް ދޫކޮށް މާލެ ބަދަލުވާން ޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އަލީ ޒާހިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި އެކަން ބަދަލު ކުރަން ވެސް ކުރެވިދާނެ އެތައް މަސައްކަތެއް އެބަހުއްޓެވެ. އެއީ ގިނަ ދުވަހުން ވާނެ އަދި ވަރަށް ރަނގަޅު އިލްމީ ދިރާސާތަކެއް ހަދަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތުގެ އިނީޝިއޭޓް ނަގައި ރަށުގެ ހާލަތު ރަނގަޅުކޮށް މީހުންނަށް ލިބޭ އާމްދަނީ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަން ވިސްނާފައި ހުރި ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"ރަށުން ލިބެން ހުންނަ ތައުލީމީ ފެންވަރަކީ އޭގެ އެއް މިސާލު. އެކަމަށް އާއިލާތައް ވަރަށް ބޮޑަށް ޑިޕެންޑުވޭ. ދަރިފުޅަށް އެކަށީގެންވާ ވަރަށް ކިޔެވޭނެ ގޮތް ރަށުން ހޯދައި ނުދެވޭތީ މާލެ ފޮނުވާލަން ޖެހެނީ. އެ ކުއްޖާއާ އެކު ގިނަ ފަހަރަށް މަންމަ އާއި ބައްޕަ އަދި މުޅި އާއިލާ ވެސް ބަދަލުވާނެ. އެކަހަލަ ގޮތަކަށް މައްސަލަ ފެށިފައި މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ރަށުގައި ހުރެ ފެންވަރު ރަނގަޅު ހިދުމަތްތައް ލިބޭނެ ގޮތް މަގު ފަހި ކޮށްދީފި ނަމަ މީހުން އެތަންތަނުގައި ދިރިއުޅެން ބޭނުންވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އެއީ ދާއިރާ އަށް ލިބޭނެ އެންމެ ބޮޑު ދިރުން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

މިފަދަ އެތައް ހިޔާލެއް ހުއްޓަސް އޭނާ ކެމްޕެއިންގެ ތެރޭގައި އެ ވާހަކަތައް މާ ބޮޑަށް ނުދައްކާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އިހްލާސްތެރިކަމެއް ހުރެގެން ވާދަކުރާ މީހާ އެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ރައްޔިތުންގެ ތާއީދާ އެކު އިންތިހާބުވުމަށް ފަހު އަމަލީ ގޮތުން އެ މަސައްކަތް ދައްކައި ނަތީޖާ ނެރޭނެ އެވެ.

އަޅުގަނޑު މި ހުރީ އެ މަގުން މަސައްކަތް ކުރަން. އަޅުގަނޑު ދައްކާނީ ފޮނި ވާހަކައެއް ނޫން. ނަތީޖާ -- އަލީ ޒާހިރު

"އަޅުގަނޑު ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތެއްގެ ވިންދުގައި ވަކާލާތު ކުރާނެ. އިންޑިވިއުލް މީސް މީހުންނަށް ދިމާވާ ކަންކަމާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ވާހަކަ މި ދައްކަނީ." އޭނާ ވިދާޅުވި އެވެ.

"މިހުރީ ސަރުކާރާ ވާހަކަ ދެކެވޭ ހިސާބުގައި"

ރާއްޖޭގައި އޮތް އެންމެ އާބާދީ ކުޑަ ވ. އަތޮޅުގެ ފުލިދޫ ދާއިރާގައި ހިމެނެނީ ފެލިދޫ އާއި ފުލިދޫ އަދި އެ އަތޮޅު ތިނަދޫ އެވެ. މި ތިން ރަށް ތަމްސީލް ކުރަން އަލީ ޒާހިރު ވާދަ ކުރައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެއީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާގެ ޖަވާބު ވަރަށް ސާފެވެ؛

"ދާއިރާގެ ރައްޔިތުންގެ އަޑު އެންމެ ގަދައަށް އިއްވޭނީ މިނިވަންކަމާއެކީ ހުރެގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ޕާޓީއެއްގެ ޓިކެޓަށް ވުރެ ބޮޑަށް އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ ރައްޔިތުން ބޭނުންވާ ކަންކަން ހޯދައިދޭން ފަސޭހަ ވާނެ އެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ވެއްޖެ ނަމަ ދާއިރާގެ ވިސްނުމާއި ހިޔާލު ކޮންމެ ގޮތަކަށް އޮތަސް ޕާޓީގެ މަސްލަހަތާއި ޕާޓީގެ ވިޕަށް ތަބާވާން ޖެހެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެންބަރުންނަށް މާ ބޮޑު ޗޮއިސްއެއް ނުވަތަ ޑިމާންޑެއް ކުރާކަށް ފަސޭހައެއް ނުވާނެ އެވެ.

"ސަރުކާރު ހިންގާ ޕާޓީއެއް ވިޔަސް ނުވަތަ އެހެން ޕާޓީއެއްގެ މީހެއް ވިޔަސް ވޯޓުލާންވީ ގޮތް މި ނިންމާފައި އޮންނަނީ ވިޕަކުން. ވަކިވަކި މެންބަރުންނަށް ކުރެވޭނެ މާބޮޑު ޑިމާންޑެއް ނޯވޭ. ކުރެވޭނެ އިތުރު ޕްރެޝަރެއް ވެސް ނޯންނާނެ. މިނިވަންކޮށް ހުރީމަ އަޅުގަނޑު ފޮލޯކުރަން ޖެހޭ ވިޕެއް ނޯންނާނެ. އޮންނާނީ ރައްޔިތުންގެ ވިސްނުން،" އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ފެލިދޫ ދާއިރާ އަށް ކުރަން ޖެހޭ ކަންކަމުގައި ސަރުކާރާއި އެހެން ފަރާތްތަކުން އެއްބާރުލުން ދޭ ވަރަކަށް އޭނާގެ އެއްބާރުލުމާއި ސަޕޯޓް މަޖިލިސްގެ ތެރެއިން ފުރިހަމަ އަށް ލިބޭނެ އެވެ.

މިހާރު މިސްރާބު ހުރި ގޮތުން ސަރުކާރަށް އެންމެ ވޯޓެއް ވިޔަސް މުހިންމު ވާނެ ކަމަށް ބެލެވޭ ކަމަށާއި ފެލިދޫ ދާއިރާ އަށް ކަންކަން ކޮށްދޭ ނަމަ، އެ ވޯޓު އޭނާގެ ފަރާތުން ލިބޭނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

"އަޅުގަނޑު ނުދާނަން އަޅުގަނޑުގެ އަމިއްލަ ކަމެއްގައި ނުވަތަ އަމިއްލަ ޑީލެއްގައި ސަރުކާރާ ވާހަކަ ދައްކައި ނެގޯޝިއޭޓް ކުރާކަށް. އަޅުގަނޑަށް މުހިންމީ ދާއިރާގެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ނުދާނަން އަޅުގަނޑުގެ އަމިއްލަ ކަމެއްގައި ނުވަތަ އަމިއްލަ ޑީލެއްގައި ސަރުކާރާ ވާހަކަ ދައްކައި ނެގޯޝިއޭޓް ކުރާކަށް -- އަލީ ޒާހިރު

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އެއްވެސް އިރަކު ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅު ކޮށްފައި ނޯންނާނެ އެވެ. އެހެންވެ އަލީ ޒާހިރު ގަބޫލުކުރަނީ، އޭނާ މިވަގުތު ހުންނެވީ ސަރުކާރުގެ ތެރެއިން ދާއިރާގެ މަސްލަހަތު ހުރި ކަންކަމުގައި ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދެކެވޭ ހިސާބެއްގަ އެވެ.

ސަރުކާރުގެ އިސް މަގާމެއް އަދާކުރައްވާފައި ވުމުން ފެލިދޫ ދާއިރާ އަށް ބޭނުންވާ ކަންކަން އެހެން ވަރަށް ގިނަ ދާއިރާތަކުން ވެސް ޑިމާންޑު ކުރާނެ ކަމަށާއި ބަޖެޓުގެ ތާށިކަން ހުންނާނެ މިންވަރު ވެސް އެނގިވަޑައިގަންނަވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ފެލިދޫ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އަދި އިސްކަން ދޭން ޖެހިފައި ހުރި މަޝްރޫއުތަކަށް ސަރުކާރުން އެއްބާރުލުން ލިބޭ ނަމަ، ސަރުކާރުކާރު ހިންގަން މަޖިލިސް ތެރެއިން ބޭނުންވާ ކަންކަމަށް އެހީތެރިވެދޭން އެންމެ ފަސޭހަވާނީ މިނިވަން ކެންޑިޑޭޓަށެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ފެލިދޫ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އަދި އިސްކަން ދޭން ޖެހިފައި ހުރި މަޝްރޫއުތަކަށް ސަރުކާރުން އެއްބާރުލުން ލިބޭ ނަމަ، ސަރުކާރުކާރު ހިންގަން މަޖިލިސް ތެރެއިން ބޭނުންވާ ކަންކަމަށް އެހީތެރިވެދޭން އެންމެ ފަސޭހަވާނީ މިނިވަން ކެންޑިޑޭޓަށެވެ.

"ރެކޯޑު ސާފުވާނެ، ގޯހެއް ނަހަދާނެ"

އަލީ ޒާހިރު ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި، މަޖިލިސް މެންބަރަކަށް ވުރެ ނުފޫޒު ގަދަ މަގާމެއްގައި އޭނާ ހުންނެވި ނަމަވެސް ހިޔާނާތެއް ނުވަތަ ކޮރަޕްޝަނެއްގެ އެއްވެސް އަމަލެއް ހިންގާފައެއް ނޯންނާނެ އެވެ.

ސާބިތު ނުހިފޭ ވާހަކަތަކެއް ބަޔަކަށް ދެއްކި ދާނެ ކަމަށާއި ނަމަވެސް މިހާރު ސަރުކާރު ބަދަލުވެފައި އޮތް އިރު އެފަދަ އެއްވެސް ކަމެއް ހިނގާފައި އޮތް ނަމަ އެކަން އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު 100 ޕަސެންޓު ޔަގީން ކަން މި އަރުވަނީ އެއްވެސް އެފަދަ ނުފޫޒެއް، ހިޔާނާތެއް ވެފައި ނޯންނާނެ." އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި މަޖިލީހަށް ގިނަ ފަހަރަށް އިންތިހާބުވާ މެންބަރުންގެ ކިބައިން ފެންނަ އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. ކުފޫ ހަމަ ނުވާ މީހުން މަޖިލީހަށް އިންތިހާބުވެ އެއީ ކިހާ ވަރެއްގެ ބޮޑު ޒިންމާއެއް ކަން ނޭނގި ރައްޔިތުން މާޔޫސް ކޮށްލައި އަމިއްލަ މަސްހަލަތު އިސް ކޮށްގެން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ފެލިދޫ ދާއިރާ އަށް ނުކުމެ ހުރީ އެފަދަ ހުރިހާ ކަމެއް ނިމުމަކަށް ގެނެސް ދާއިރާގެ ރައްޔިތުން ހޮވައިފި ނަމަ ރައްޔިތުންގެ މީހެއްގެ ގޮތުގައި ބަދަލު ނުވެ ވަކާލާތު ކުރުމަށް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"އެ ހުރިހާ ޕްރިވިލޭޖްތަކެއް ލިބިފައި އަޅުގަނޑެއް ބަދަލެއް ނުވޭ. އަޅުގަނޑު ހުންނާނެ ގޮތަށް މިހާރު އަޅުގަނޑު ނުކުމެ ޕަބްލިކަށް ކުރިމަތިލައިގެން މި ހުރީ،" އެނާ ވިދާޅުވި އެވެ.

ނާތީޖާ ފެންނަނީ ތަފާތު ބޮޑުކޮށް!

އަލީ ޒާހިރު ވިދާޅުވި ގޮތުގައި އޭނާ ދާއިރާ އަށް ކުރިމަތިލި އިރު ގިނަ ރައްޔިތުން ތިބީ ސިޔާސީ ކަންކަމާ ވަރަށް ބޮޑު މާޔޫސްވެ ފޫހި ވެފަ އެވެ. މާޒީގައި ދިމާވެފައިވާ އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. ރައްޔިތުންގެ ހައްގުގައި ތަފާތު ދައްކަން ނުކުތުމަށް ފަހު ދާއިރާ އަށް އެކަށީގެންވާ ގޮތެއްގައި އަޅައި ނުލެވި އޮތުމަކީ އެއް މައްސަލަ ކަމަށް ވިދާޅުވި އެވެ.

އަލީ ޒާހިރު، މަޖިލިސް ކެމްޕެއިންގައި މީހަކާ ސަލާން ކުރައްވަނީ.

އަލީ ޒާހިރު، މަޖިލިސް ކެމްޕެއިންގައި މީހަކާ ސަލާން ކުރައްވަނީ.

ނަމަވެސް އޭނާ އެ ދާއިރާ އަށް ނުކުންނަނީ، އެ ތަފާތު ދައްކަން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"މަޖިލީހަށް އިންތިހާބުވުމަށް ފަހު ގިނަ ފަހަރަށް މި އޮންނަނީ މެންބަރުން އަމިއްލަ މަސްލަހަތު އިސްކުރާ މައްސަލަ. އެ މަންޒަރު ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ފެނި ބާވެއްޖެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

"އަޅުގަނޑު ހުންނާނީ ރައްޔިތުން އިންތިހާބު ކުރި ގޮތަށް. އަޅުގަނޑު ބަދަލެއް ނުވާނެ."

ކެމްޕެއިންގެ މިހާ ހިސާބަށް އައިއިރު ވަރަށް ގިނަ ރައްޔިތުން އޭނާއާ މެދު ހިތްހަމަ ޖެހިފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދާއިރާގެ ތިން ރަށުން ވެސް ބޮޑު ތާއީދެއް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ގިނަ އެހެން ކެންޑިޑޭޓުން ހަދާ ހެން ފޮޓޯތައް ނަގައިގެން ސޯޝަލް މިޑިއާގައި އާންމު ނުކޮށް މީހުންގެ މަސްލަހަތަށް ވިސްނައިގެން ވަރަށް ސައިލެންޓް އެކަމަކު އިފެކްޓިވް ކެމްޕެއިނެއް ކުރަމުން އަންނަ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

"ވަކި ޕާޓީއަކަށް ބަލައިގެން ވަކި ވިސްނުމެއްގައެއް ނޫން ކެމްޕެއިން ކުރަނީ. ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މީހުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މީހުންގެ ވެސް ތާއީދު ވަރަށް ބޮޑަށް އަޅުގަނޑަށް އޮވޭ." އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް." އޭނާ ވިދާޅުވި އެވެ.