Roadha Mihaaru
"ޕުޝްޕާ 2"ގެ ޓީޒާއެއް އާންމުކޮށްފި

"ޕުޝްޕާ 2"ގެ ޓީޒާއެއް އާންމުކޮށްފި

09 އެޕްރީލް 2024

ގިނަ ބައެއްގެ ލޯބި ލިބުނު ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ފިލްމުގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

ގިނަ ބައެއްގެ ލޯބި ލިބުނު ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ފިލްމުގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.

އެ ޓީޒާ ނެރުނީ މި ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުންގެ އުފަންދުވަހާ ދިމާކޮށެވެ.

މިނެޓެއްހާއިރުގެ އެ ޓީޒާގައި "ޕުޝްޕާ 2"ގައި އައްލޫ ފެންނާނެ ގޮތް ދައްކާލައިފަ އެވެ.

ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ޑައިރެކްޓުކުރި ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ފުރަތަމަ ފިލްމުގައި ވެސް އުޅުނު ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.

ޓީ-ސީރީޒް އިން ޕްރޮޑިއުސްކުރާ "ޕުޝްޕާ 2: ދަ ރޫލް" ރިލީޒްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ އޮގަސްޓް މަހު 15 ގަ އެވެ.

"ޕުޝްޕާ"ގެ ތިންވަނަ ފިލްމެއް ވެސް ގެނެސްދޭނެކަން މިދިޔަ މަހު ވަނީ އިއުލާންކޮށްފަ އެވެ.

އިންޑިއާގެ އެކި ބަސްތަކުން ނެރުނު ޕުޝްޕާގެ ފުރަތަމަ ފިލްމު "ޕުޝްޕާ؛ ދަ ރައިސް"އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މީގެ ތިންވަރަކަށް އަހަރު ކުރިން، 2021 ގައި ނެރުނު އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 42 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި މި ފިލްމަކީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި އިންޑިއާގެ ފިލްމެވެ.