Roadha Mihaaru
"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ

"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ

27 ޖުލައި 2024

އިންޑިއާގެ ސުޕަސްޓާރު އަމީތާބް ބައްޗަން އާއި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އަދި ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ކަލްކީ 2898 އޭޑީ" އަށް ބޮކްސް އޮފީހުގައި ރިކޯޑް އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 27 ގައި ޕްރިމިއާކުރި މި ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 29 ދުވަހުގެ ތެރޭގައި 1،020 ކްރޯޑް ރުޕީސް (122 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ އިންޑިއާގައި މި ފިލްމުގައި ދައްކައިގެން ލިބުނު 743 ކްރޯޑް ރުޕީސް (88 މިލިއަން ޑޮލަރު) އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ދައްކައިގެން ލިބުނު 281 ކްރޯޑް ރުޕީސް (33 މިލިއަން ޑޮލަރު) އެވެ.

މި ފިލްމަކީ ހަ ބިލިއަން ރުޕީސް (71 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ދެކުނު އިންޑިއާގެ ފިލްމުތައް ޑައިރެކްޓުކުރާ ނާގް އަޝްވިންގެ މި ފިލްމަކީ ކޮމިކް ކޮންގައި ބައިވެރިކުރި އިންޑިއާގެ ފުރަތަމަ ފިލްމެވެ.

އަމީތާބާއި ޕްރަބާސް އަދި ދީޕިކާގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ ކަމަލް ހަސަން އާއި ދިޝާ ޕަޓަނީ އަދި ރާނާ ދަގުބަތީ އެވެ.