09 އެޕްރީލް 2024
މި ރޯދަ މަހު އާންމު ކާބޯތަކެތީގެ އަގު ހިތްހަމަޖެހޭ ވަރެއްގައި ހިފެހެއްޓުނު ކަމަށާއި އެގޮތަށް އެކަންވީ ކުރިއާލައި އެކަމަށް ތައްޔާރުވުމުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި ރޯދަ މަހު އާންމު ކާބޯތަކެތީގެ އަގު ހިތްހަމަޖެހޭ ވަރެއްގައި ހިފެހެއްޓުނު ކަމަށާއި އެގޮތަށް އެކަންވީ ކުރިއާލައި އެކަމަށް ތައްޔާރުވުމުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، އެހެން ރޯދަމަސްތަކާ ހިލާފަށް އާންމު ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުނީ އާންމު ވިޔަފާރިވެރިންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.
އެސްޓީއޯ އިން އާންމުކޮށް އެތެރެކުރަނީ ހަނޑޫ ހަކުރު ފުށް ނަމަވެސް ރޯދައަށް ހާއްސަކޮށް މާކެޓުގައި އަގު އުފުލޭ ބާވަތްތައް އެތެރެ ކުރަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ. ރޯދައަށް ހާއްސަކޮށް ފިޔާ އަލުވި ބިހުގެ އިތުރުން ލުނބޯ އާއި ކެރެޓު ވެސް ވަނީ މާކެޓަށް އެތެރެކޮށްފަ އެވެ.
އެސްޓީއޯއިން އަންނަނީ މިދިޔަ ޑިސެމްބަރުން ފެށިގެން ފިޔާ އެތެރެ ކުރަމުންނެވެ. އެހެންވެ ރޯދަ މަސް ނިންމާލީ ފިޔާގެ އަގު ކޮންޓްރޯލު އަގެއްގައި ހުރެފަ އެވެ.
"އެކަމަކު ބައެއް ބާވަތްތައް ކޮންމެވެސް ވަރަކަށް އަގު ބޮޑުވި ބާޒާރުގައި. އެއީ ސަޕްލައި ޗެއިން އިޝޫތައް ވެސް ދުނިޔޭގައި ވަރަށް ބޮޑު. މިސާލަކަށް ރެޑް ސީގައި ދިމާވެފައިވާ އިޝޫ އާއި ފިއުލްގެ އަގަށް މިއަންނަ ބަދަލުތައް. އޭގެ އަސަރު ފްރައިޓްތަކަށް ކުރޭ،" އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި ލުނބޯގެ އަގު އުފުލުމުން، އެސްޓީއޯއިން ވަނީ ލުނބޯގެ ހާއްސަ ޝިޕްމެންޓްތައް ގެނެސްފަ އެވެ. އަދި ކެރެޓުގެ އަގު ކޮންޓްރޯލު ކުރަން ކެރެޓުގެ ޝިޕްމެންޓެއް ވެސް މާކެޓަށް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ރައީސްގެ ވެސް އިރުޝާދާ އެކު ރޯދަ މަހު ކުރިން ދުރާލާ ރޭވުނު ކަންތައްތަކާ އެކު އަގުތައް މެއިންޓެއިން ކުރެވުނު،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ، މި އަހަރުގެ ތަޖުރިބާގެ އަލީގައި އަންނަ އަހަރުގެ ރޯދަ މަހު މިއަށް ވުރެ ވެސް ރަނގަޅަށް އަގުތައް ކޮންޓްރޯލު ކުރަން އިސްކަން ދެއްވާނެ ކަމަށެވެ.
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
އެސްޓީއޯ ރަނގަޅު ހާލަތުގައި، ދެން އޮތީ ފުޅާކުރުން
ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓް އެމްއައިޑީއެފްޒެޑުން
"ތެޔޮ ރައްކާކުރަން މާގިރި ފަޅު 18 މަހުން ހިއްކާނެ"
ފެނަކައިން އެސްޓީއޯ އަށް 1.9 ބިލިއަން ދައްކަންޖެހޭ
85 ޕަސެންޓް ގޭގެއަށް ރޯދަމަހު ހިލޭ ކާޑު ފޯރުކޮށްދިން