ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ގުޅިގެން އެސްއޯ ފުލުހުން އެތަނަށް ފޮނުވި ގޮތާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވަައިފި އެވެ.
10 އެޕްރީލް 2024
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީން ސްކޫލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ގުޅިގެން އެސްއޯ ފުލުހުން އެތަނަށް ފޮނުވި ގޮތާ ގުޅޭ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވަައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ގިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅެނިކޮށް އެސްއޯ ފުލުހުން ނިކުމެ އެކަމަށް ހުރަސް އެޅީ އެތަނުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ބާތިލްކޮށްފައި ވާތީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށެވެ.
ނަމަވެސް އެތަން ކޮންޓްރޯލްކުރަން އެސްއޯ ފުލުހުން ފޮނުވީ ރައީސްގެ ސިޔާސަތުތަކާ ހިލާފަށް ކަމަށްވާތީ އެކަމުގެ ތަހުގީގެއް ހިންގުމަށް ރައީސް ރޭ ވަނީ އަންގަވައިފަ އެވެ.
ރައީސް އޮފީހުން މިރޭ ބުނިގޮތުގައި އެކަމާ ގުޅޭ ތަހުގީގު ރިޕޯޓް މިއަދު ރައީސަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި އެ ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އެމަނިކުފާނު އަޅުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެސްއޯ ފުލުހުން ގޮސް، އެ ސަރަހައްދު ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނާއި ފުލުހުންނަށް ވެސް އަނިޔާވި އެވެ. އަދި ފަހުން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭ ބޭއްވީ ރާޅުގަނޑު ސަރަހައްދުގައި ހުންނަ ބްރިޖްވިއު ޕްލެޓްފޯމްގަ އެވެ.
ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހައްގު އޮންނާނެ: ރައީސް
އެސްއޯ ފުލުހުން ނުކުތީ ރައީސްގެ ސިޔާސަތާ ހިލާފަށް!
ގެއަށް ބަދަލުކުރި އިލްތިމާސް ވެސް ޔާމީން ގަބޫލުނުކުރޭ!
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!
ޕީޕީއެމް މަގުމަތިކޮށްލަން އުޅުނީ ޔާމީން: އަބްދުއްރަހީމް
ގައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން: ޔާމީން
ވޯޓު ކަރުދާހުގައި ނަން އޮންނާނެ: ޔާމީން
ޕީއެންއެފްގެ ރައީސަކީ ޔާމީން، ނައިބަކީ ޖަމީލާއި ޒައިން
ވެރިކަން ބޭނުންވުމަކީ ކޮރުކަމެއް ނޫން: ޔާމީން
ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް