Roadha Mihaaru
އީދު ބައިބަލާ: ޗެމްޕިއަން ޓީނޭޖް ފެށީ ފަސޭހަ މޮޅަކުން

އީދު ބައިބަލާ ޗެލެންޖް: ޗެމްޕިއަން ޓީނޭޖް ފެށީ ފަސޭހަ މޮޅަކުން

12 އެޕްރީލް 2024

މިއަހަރުގެ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 ގައި، އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ޓީނޭޖުން ފަސޭހަ ކަމާއެކު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

މިއަހަރުގެ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 ގައި، އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ޓީނޭޖުން ފަސޭހަ ކަމާއެކު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ބައިބަލާ މުބާރާތް ވެސް ކުރިއަށް ގެންދަނީ ހުޅުމާލޭގަ އެވެ. ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި އިރު، ފުރަތަމަ މެޗުގައި ޓީނޭޖް ނުކުތީ ކްލަބް ޒެފްރޯލާ ދެކޮޅަށެވެ.

ޓީނޭޖުން މެޗު ކާމިޔާބު ކޮށްފައި ވަނީ ސީދާ ދެ ގޭމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީނޭޖްގެ އަލީ ވިދާދެވެ.

ޓީނޭޖްގެ ކެޕްޓަން އަހުމަދު މުހައްމަދު (އަންމަޑޭ) މުބާރާތުގެ ޗެމްޕިއަން ޓްރޮފީ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ ހަވާލު ކުރަނީ.-- ފޮޓޯ: އެޗްޑީސީ

ޓީނޭޖްގެ ކެޕްޓަން އަހުމަދު މުހައްމަދު (އަންމަޑޭ) މުބާރާތުގެ ޗެމްޕިއަން ޓްރޮފީ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާ ހަވާލު ކުރަނީ.-- ފޮޓޯ: އެޗްޑީސީ

ޓީސީ ސްޕޯޓްސް ކްލަބުން ވެސް ވަނީ ސީދާ ދެ ގޭމުން އެޓީމުގެ ފުރަތަމަ މެޗުގައި ލިޓްލް ޓައުން ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިދިޔަ އަހަރު ބައިބަލާ މައިދާނަށް ނުކުތް ޒުވާން ކުޅަދާނަ ކައިޓް ސާފަރު ހަސަން މާހިރު (ހަންޓޭ) އެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް އީސްޓް ކޯސްޓާއި އީސީ އެކްސް އީގަލްސް އެވެ. އީސްޓް ކޯސްޓް ވެސް މޮޅުވީ ސީދާ ދެ ގޭމުންނެވެ. ނަމަވެސް ވީކޭ ސްޕޯޓްސް ކްލަބާއި ޖޭކޭ ސްޕޯޓްސް ކްލަބް ބައްދަލުކުރި ރޭގެ ހަތަރުވަނަ މެޗުގައި ގަދަ ހިފުމެއް ފެނިގެންދިޔަ އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖް ވެސް ކުރިއަށް ދަނީ ހުޅުމާލޭގައި.-- ފޮޓޯ: އެޗްޑީސީ

މިއަހަރުގެ ބައިބަލާ ޗެލެންޖް ވެސް ކުރިއަށް ދަނީ ހުޅުމާލޭގައި.-- ފޮޓޯ: އެޗްޑީސީ

ފުރަތަމަ ގޭމު ބޭރުން ކުޅެގެން ޖޭކޭ ކާމިޔާބު ކުރިއިރު، އެޓީމު އެތެރޭން ކުޅުނު ގޭމުން މޮޅުވީ ވީކޭ އެވެ. ކޮޅަކަށް ގޭމެއް ގޮސްގެން ގަދަ ހިފުމުގައި ވެސް ފުރަތަމަ ދެ ހިފުމަށް ފަހު އޮތީ ކޮޅަކަށް ހިފުމެއް ގޮސްފަ އެވެ. ފަހު ހިފުމުގައި ބޭރުން އަރައި ޖޭކޭ އަށް މެޗު ކާމިޔާބު ކޮށްދިނީ ކުރީގެ މިސްޓަ ބައިބަލާ އަދި ތަޖުރިބާކާރު ފުޓްބޯޅަ ކުޅުންތެރިޔާ ހުސެއިން ޝިމާޒް (ކޮކީ) އެވެ.

ބުރު ސްޕޯޓްސް ކްލަބުން ސީދާ ދެ ގޭމުން ވީކޭ ވަކަންޑާގެ މައްޗަށް ކުރި ހޯދިއިރު، ރޭ ކުޅުނު ފަހު މެޗުގައި ޓީސީ ގޯޅިން ވަނީ ސީދާ ދެ ގޭމުން 1443 ގެ ޗެމްޕިއަން ކްލަބް އޯވަންއޯ ބަލިކޮށްފަ އެވެ.