Roadha Mihaaru
މާވާރުލު އެއާޕޯޓްގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް

މާވާރުލު އެއާޕޯޓުގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް: ސިވިލް ކޯޓު

19 ފެބުރުއަރީ 2017

ގދ. މާވާރުލުގައި އެއާޕޯޓެއް ހަދަން މޫވިން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގދ. މާވާރުލުގައި އެއާޕޯޓެއް ހަދަން މޫވިން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް މޫވިން ކުންފުންޏަށް 2011 ގައި ދިނުމަށް ފަހު މިދިޔަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އެއްބަސްވުން ބާތިލްކުރީ މަސައްކަތް ނިންމަން ޖެހޭ މުއްދަތު އިތުރުކޮށް ދިނުމުުން ވެސް ނިމިފައިނުވާތީ ކަމަށެވެ. އެހެންވެ އެހެން ބަޔަކާ މަސައްކަތް ހަވާލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ މައްސަލަ މޫވިން ކުންފުނިން ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި ވަނީ އެއްބަސްވުން ބާތިލްކުރީ އަމަލުކުރަން ޖެހޭ އިޖްރާއަތުތަކާ އެއްގޮތަށް ކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެގްރިމެންޓް ބާތިލް ކުރުމުގެ ސަބަބުން މޫވިން އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް ނެތް ކަމަށް ގާޒީ މުހައްމަދު ހަލީމް ހުކުމްކުރެއްވި އެވެ.

މޫވިން ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އެތަނުގެ 60 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށެވެ.