Roadha Mihaaru
ކުރެންދޫ ދާއިރާ އެމްއެންޕީ ކެންޑިޑޭޓުގެ ތާއީދު ޣަނީއަށް

ކުރެންދޫ ދާއިރާގެ އެމްއެންޕީ ކެންޑިޑޭޓު، ޣަނީ އަށް ތާއީދު ކުރަން ނިންމައިފި

15 އެޕްރީލް 2024

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ޅ. ކުރެންދޫ ދާއިރާ އަށް ވާދަ ކުރާ މުހައްމަދު ޔޫސުފް (މާޔާ) އެ ދާއިރާ އަށް ވާދަ ކުރާ މިހާރުގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމަށް ތާއީދު ކުރަން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޣަނީ އަކީ އެމްޑީޕީގައި ހުންނެވުމަށް ފަހު މި ފަހުން ޕީއެންސީ އާ ގުޅިވަޑައިގަތް މެންބަރެކެވެ. އޭނާ މިފަހަރު މަޖިލިސް އިންތިހާބުގައި ވާދަ ކުރަނީ އަމިއްލަ ކެންޑިޑޭޓެއް ގޮތުގަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ފަރާތުން ވާދަ ކުރާ މާޔާ ސޯޝަލް މީޑިއާގައި އާންމު ކުރި މެސެޖެއްގައި ވިދާޅުވީ އޭނާ ޣަނީ އަށް ތާއީދު ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމާއި ދާއިރާގެ ތަރައްގީ އަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާތީ ކަމަށެވެ.

މި އިންތިހާބުގައި އޭނާ އަށް ތާއީދު ކުރެއްވި ހުރިހާ ފަރާތްތަކެއް ޣަނީ އަށް ވޯޓު ދެއްވުމަށް ވެސް މާޔާ އެދުނެވެ.

ކުރެންދޫ ދާއިރާ އަށް ވާދަކުރައްވާ މެންބަރުން:

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް - ޕީއެންސީ

މިހާރު ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް - އަމިއްލަ ގޮތުން

މިހާރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް - އެމްޑީޕީ

މުހައްމަދު ޝާމިން ހަބީބް - އަމިއްލަ ގޮތުން