މިދިޔަ އަހަރު ހިނގި އެކި ހާދިސާތަކުގައި އެހީގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.
18 އެޕްރީލް 2024
މިދިޔަ އަހަރު ހިނގި އެކި ހާދިސާތަކުގައި އެހީގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.
އެ އިދާރާ އިން އިއްޔެ އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ އަހަރު 184 ހާދިސާއެއް ރިޕޯޓް ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. މިދިޔަ އަހަރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން 95 މައްސަލައެއް އެ އޮތޯރިޓީ އަށް ރިޕޯޓްކޮށްފައިވެ އެވެ.
ދެން އެންމެ ގިނައީ ވާރޭ ވެހި ފެންބޮޑުވެގެން ރިޕޯޓްކުރި ހާދިސާތަކެވެ. އެ ބާވަތުގެ 54 ހާދިސާއެއް ރިޕޯޓްކޮށްފައިވެ އެވެ. އެންމެ ގިނަ ހާދިސާތައް ރިޕޯޓްކޮށްފައި ވަނީ މާލެ އަތޮޅުތަކުން އަދި އައްޑޫ އިންނެވެ.
އެންޑީއެމްއޭ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު 12 އަތޮޅަކުން 295 ގޭބިސީއަކަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ހުރިހާ ހާދިސާއަކާ ގުޅިގެން 281 ގޭބިސީއަކަށް އެހީ ގޮތުގައި 3.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އޭގެ ތެރޭގައި އިންސާނީ އެހީތެރިކަމުގެ ގޮތުގައި ދިން ފައިސާ އާއި ހިފައި ގެންގުޅުނު ތަކެއްޗަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން ފައިސާ އަދި އިމާރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން ފައިސާ ވެސް ހިމެނެ އެވެ.
އެންމެ ގިނައިން އެހީ ދީފައި ވަނީ އިމާރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގަ އެވެ. އެއީ 2.7 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ރިޕޯޓްކުރި ހާދިސާތަކުގައި 1،450 މީހަކަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމުގެ ގަވައިދެއް އާންމުކޮށް، އެ ކަހަލަ ހާދިސާތަކުގައި އާއިލާތަކަށް ލިބޭ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ދޭ ފައިސާގެ އެހީ ވެސް ވަނީ އިއްޔެ އިތުރުކޮށްފަ އެވެ.
ކާރިސާތަކުގައި ލިބޭ ގެއްލުމަށް ދޭ އެހީ ބޮޑުކޮށްފި
އަލިފާނުގައި އިމާރާތްތަކަށް 35 މިލިއަންގެ ގެއްލުން
ގެއްލުން ވަރަށް ބޮޑު؛ 14 ގެއަކާއި ހަ ގުދަން އެނދި
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
އަލިފާނުގައި ގެއްލުންވި ގެތަކުން 22މީހަކު ބަދަލުކޮށްފި
މިއީ ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑު ފަހަރު
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
ކާރިސާތަކުގެ ގެއްލުމުން ރައްކާތެރިވުމަށް ސްޓްރެޓަޖީއެއް