22 އެޕްރީލް 2024
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބުނީ ޔާމީންގެ ފޮޓޯފުޅާއި ހުސްގޮނޑިންނެވެ. ރިޔާސީ އިންތިހާބުގައި ފެނުނީ ޔާމީނަށް އޮތް ތާއީދު ކަމަށް ބަހުގެ ހަމަލާތައް ދިނެވެ. އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް އެކަން ފެންނާނެ ކަމަށް އެއް ބަޔަކު ބުނަމުން ދިޔަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބުނީ ޔާމީންގެ ފޮޓޯފުޅާއި ހުސްގޮނޑިންނެވެ. ރިޔާސީ އިންތިހާބުގައި ފެނުނީ ޔާމީނަށް އޮތް ތާއީދު ކަމަށް ބަހުގެ ހަމަލާތައް ދިނެވެ. އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް އެކަން ފެންނާނެ ކަމަށް އެއް ބަޔަކު ބުނަމުން ދިޔަ އެވެ.
އެކަމަކު، ވެރިކަން ލިބުނުތާ ފަސް މަސް ފަހުން އިއްޔެ ބޭއްވި މަޖިލިސް އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރައްވައިފި އެވެ. ހުރިހާ ދާއިރާތަކަށް ކެންޑިޑޭޓުން ނެރެ ކެމްޕޭން ކުރެއްވީ ޔާމީންގެ ފޮޓޯފުޅާއި ހުސް ގޮނޑި ބަހައްޓަވައިގެން ނޫނެވެ. އެ ގޮނޑީގެ ވާހަކަތަކެއް ރައީސް މުއިއްޒުގެ އެޖެންޑާގައި ނެތެވެ. އެންމެ ކުޑަމިނުން ޔާމީންގެ ނަން ވެސް ވިދާޅުނުވެ، ހޯއްދެވީ ތާރީހީ، ބޮޑު ކާމިޔާބީ އެކެވެ.
ކެމްޕޭނަށް ރަށްތަކަށް ދަތުރުފުޅު ކުރައްވައި މާލޭގެ ދާއިރާތަކަށް ވަޑައިގެން ތާއީދަށް އެދިވަޑައިގަތީ ރައީސް މުއިއްޒު އަމިއްލަފުޅަށެވެ. އެހެން ލީޑަރެއްގެ ހިޔަނީގައި ނުހުންނަވަ އެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތާރީޚަށް ބަލާ ނަމަ އެއް ބޭފުޅަކަށް އިންތިހާބެއްގައި އެ މަނިކުފާނު މި ހޯއްދެވީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ނަމަވެސް މާޒީ އަށް ބަލާއިރު، އެމްޑީޕީން 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވައި ކުރެއްވި ކެމްޕޭނުންނެވެ. އެއީ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެވެ.
ރައީސް މުއިއްޒުގެ ކެމްޕޭނުން ޕީއެންސީއަށް އެ މަނިކުފާނު ވަނީ 66 ގޮނޑި ހޯއްދަވައިދެއްވައިފަ އެވެ. އަދި ސަރުކާރުން ތާއީދުކުރި ކެންޑިޑޭޓުން ހިމެނޭހެން 74 ގޮނޑިއާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ލިބިފަ އެވެ.
އެކަމަކު، ޔާމީންގެ ފޮޓޯފުޅު ނުދައްކަވައި، ރިޔާސީ ކެމްޕެއިން ކުރެއްވި ނަމަ ރައީސް މުއިއްޒަށް 500 ވޯޓު ވެސް ނުލިބުނީސް ކަމަށް ބުނެ ޔާމީންގެ ސަޕޯޓަރުން ޕޯޑިއަމްތަކުގައި ވާހަކަ ދެއްކި އެވެ. ނަމަވެސް ރައީސް ގިނިކަންޏާ ނުކުމެވަޑައިގެން ދެއްކެވީ އެ މަންޒަރެއް ނޫނެވެ.
އިއްޔެ އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމަން ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރެލީގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޔާމީންގެ ހުސްގޮނޑި އާއި ފޮޓޯގަނޑާ ނުލައި ހޯދި މި ކާމިޔާބީއަކީ ޕީޕީއެމް/ޕީއެންސީއަށް މަޖިލިސް އިންތިހާބެއްގައި އެ ކޯލިޝަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަށް ވަނީ ވެފަ އެވެ.
އިއްޔެގެ މަޖިލިސް އިންތިހާބުގައި، ޔާމީންގެ ތާއިދާ އެކު ނުކުތް، އެ މަނިކުފާނުގެ ފޮޓޯގަނޑު ބޭނުންކޮށްގެން ކެމްޕެއިން ކުރި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބީއެއް ނުލިބި އެވެ. ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފަށް ލިބުނީ ބޮޑު ނާކާމިޔާބީ އެެވެ.
އެކަމަކު، މިހާރު ދައްކަން އޮތީ ޔާމީންގެ ފޮޓޯފުޅާއި ޔާމީނަށް ހާއްސަ ހުސްގޮނޑިއާ ނުލައި ރައީސް މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީގެ ވާހަކަ އެވެ. ރައީސް މުއިއްޒުގެ ތާއީދު އެހެން ލެވެލަކަށް ގެންދިޔަ ވާހަކަ މިއީ މިއަދު އެންމެން ދައްކާ ވާހަކަ އެވެ.
މާމިގިލީ ދާއިރާގެ ގޮނޑި ހަތަރު ވަނަ ފަހަރަށް ކާމިޔާބުކުރެއްވި އަދި ޕީއެންސީގެ ތާއީދު ވެސް ލިބިފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ދެއްކެވީ މި ވާހަކަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އިންތިހާބުގެ ނަތީޖާއިން އެނގުނީ ޔާމީނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ރައީސް މުއިއްޒާއި މި ސަރުކާރަށް ކުރި ތުހުމަތުތައް ދިވެހިން ބަލައިނުގަންނަ ކަމެވެ.
ގާސިމް ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާއި މި ފަހަރުގެ މަޖިލިސް އިންތިހާބު ވެސް ރައީސް މުއިއްޒަށް ކާމިޔާބު ކުރެއްވުމުގެ ފަހަތުގައި އޮތީ "ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިހުލާސްތެރި ކަމާ އެކު" ރައީސާއި އެ މަނިކުފާނުގެ ޓީމުން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދި އިރު، މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއް ނުވަތަ ޔާމީންގެ ފޮޓޯއެއް ވެސް ނުފެންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ހަމަ މިއާ އެކު، މިދެންނެވި ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރާ ގުޅޭ ގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި މެދުކެނޑުމެއް ނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތުތަކާއި ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން މިއަދުގެ ވޯޓުގެ ނަތީޖާ އިން ދިވެހީން އެ ވަނީ ދައްކުވައިދެއްވައިފަ އެވެ،" ގާސިމް ވިދާޅުވި އެވެ.
ދިވެހިން ނުކުމެ ރައީސް މުއިއްޒުގެ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނީ އަނެއްކާވެސް ގައުމު ހަލަބޮލި ކަމަށް ދާން ބޭނުން ނުވާތީ ކަމަށާއި އެ ނިންމުމުގެ އަސްލަކީ ރައީސްގެ ހަރުދަނާ ސިޔާސަތު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް މިއަދު ވިދާޅުވި އެވެ.
އެ ބޮޑު ކާމިޔާބީއާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން، ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސަށް ވެރިކަން ދިން މަގުސަދު ހާސިލް ކޮށްދިނުމަށްޓަކައި ދިވެހިން ތިބީ މަގުފަހިކޮށްދީގެން ކަން އިއްޔެގެ ނަތީޖާ އިން އެނގެ އެވެ.
"....[ރައީސް މުއިއްޒު] ރައްޔިތުންނާ މެދު އިހާނެތިކޮށް ކަންތައްތައް ނުކުރައްވާނެކަން. ރައްޔިތުންނަށް ރައީސް މުއިއްޒާ ދޭތެރޭގައި އިތުބާރު ލިބުނީ މާ ބޮޑަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
"މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާކުރިން ރޭވިން"
ދެން ފެންނާނީ އަމަލުން ކަން ކަން ކުރާ ތަން: ރައީސް
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ފެނުނީ ހުތޫރަތްތެރިކަމާ އެކު ރައީސް ކުރެއްވި މަސައްކަތް
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި
ނަތީޖާ ނެރެން މަޖިލިސް ހޯދައިދީ: ރައީސް
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ: ރައީސް
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް