އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ކުލަގަދަ ފާހަގަކޮށް، 20 ވަނަ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާނެ ކެންޑިޑޭޓުން ތައާރަފްކޮށްދީފި އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ކުލަގަދަ ފާހަގަކޮށް، 20 ވަނަ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާނެ ކެންޑިޑޭޓުން ތައާރަފްކޮށްދީފި އެވެ.
މިރޭ އާޓިފިޝަލް ބީޗްގައި ޕީއެންސީ އަށް ތާއިދު ކުރާ އެތައް ބަޔަކާ އެކު އެ ޕާޓީން ބޭއްވި އެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެއްވުމުގައި އިންތިހާބު ކާމިޔާބުކުރި ޕީއެންސީގެ 66 ކެންޑިޑޭޓުން ވަނީ ތައާރަފްކޮށްފަ އެވެ. އަދި ސަރުކާރުގެ ތާއިދާ އެކު އިންތިހާބުވި އަމިއްލަ ބައެއް ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ކެންޑިޑޭޓުން ވެސް އެއްވުމުގައި ބައިވެރިވި އެވެ.
ދެން އުފެދޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 66 މެންބަރުންނާއި ސަރުކާރަށް ތާއިދުކުރާ އެހެން މެންބަރުންނާ އެކު 74 މެންބަރުންގެ ސުޕަ މެޖޯރިޓީއެއް އޮންނާނެ އެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އަކަށްވާއިރު ސުޕަމެޖޯރިޓީއަކީ 70 އެވެ.
މި ބޮޑު މެޖޯރިޓީ ފާހަގަކުރަން މިރޭ މާލޭގައި ފަސް މިނެޓަށް ހަވާ ވެސް އެރުވި އެވެ. އެ މަންޒަރު ބަލަން ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ޖަމާވި އެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާގައި ހަވާ އަރުވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަދި ޕީއެންސީގެ ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ކުރި އިތުބާރުގެ މަތީގައި، މުޅި ސަރުކާރު އަޒުމް އާ ކުރަންވީ އިހްލާސްތެރިކަމާ އެކީގައި ކުރިއަށް ދިޔުމަށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ސާބިތުކޮށްދިނީ، ގައުމުގެ މިނިވަންކަން ޔަގީންވެފައި އޮތުމަށާއި ތަރައްގީ ބާރު ދުވެލީގަ ހޯދުމާ އެކު ހަމަޖެހުމާއި ހިތްހަމަޖެހުން ބޭނުންވެފައި އޮތް މިންވަރެވެ.
"...ތިޔަ ދެއްވި އިތުބާރާ ދެއްވި ތާއީދުގެ މައްޗަށް އެތައް ގުނައަކުން މައްޗަށް ސްޕީޑު އަވަސްކޮށް، ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގެ މަސައްކަތް. ދެން ފެށޭނީ ގައުމު ތަރައްގީވާން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވަޒީރުންނަށާއި ސަރުކާރުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ދެން ތިއްބަވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާ ތިބެ، އަމަލީ ގޮތުން ކަން ކަން ކުރާ ތަނެވެ. ގެދޮވެރިކަމުގެ ދަތިކަން ފަދަ ޒަމާންވީ މައްސަލަތައް ދާއިމީކޮށް ހައްލުކޮށް، ޒަމާނުއްސުރެ ރައްޔިތުންނަށް ނުފުދިފައި ތިބި ހުރިހާ ކަމެއް ވާ ތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާ. --ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވަނީ ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް އެހެން ސިޔާސީ ޕާޓީތަކުން ވެސް ގައުމީ ތަރައްގީގެ މަސައްކަތުގައި ސަރުކާރާ އެކު މަސައްކަތް ކުރުމަށް މިރޭ ދައުވަތު ދެއްވައިފަ އެވެ.
"މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ގައުމު، މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ގައުމު، އެހެންވީމަ ހުރިހާ ބޭފުޅުން އެކުވެރިކަމާ އެކު އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށް ދާން. އޭގެން އެންމެންނަށް ވެސް ލިބޭނީ އުފާވެރިކަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ، ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެއިން ކޮންމެ ރައްޔިތެއް ދެކެ އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު. އެހެންވީމަ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެ ބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުން."
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިޔުމަކީ އެންމެންގެ ވެސް ފަހުރަކަށް ހަދަން ޖެހޭ ކަމަށާއި އެންމެން އެކުވެރިކަމާ އެކު ކުރިއަށް ދިޔައީމަ އެންމެން ވެސް ތިބޭނީ އުފަލުން ކަމަށެވެ.
"އަޅުގަނޑު މި ގޮވާލަނީ އެންމެން އެކުގައި ކުރިއަށް ދާން ހިނގާށޭ،" ރައީސް ވިދާޅުވި އެވެ.
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ޕާޓީތައް އެކުވެރިވެ އެކުގައި މަސައްކަތް ކުރަން ދައުވަތު
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ފެނުނީ ގައުމު ހަލަބޮލިކުރަން ބޭނުން ނުވިކަން: އަދުރޭ
ފެނުނީ ހުތޫރަތްތެރިކަމާ އެކު ރައީސް ކުރެއްވި މަސައްކަތް
ފޯކަސްގައި އޮތީ ނަތީޖާ ނެރުން އެކަނި: ރައީސް
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ: ރައީސް
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި
ހެނދުނާ ވޯޓުލައި ތާރީހީ މޮޅެއް ހޯދައިދީ: ރައީސް