މެންޗެސްޓާ (މޭ 28) - މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުމަކީ ފުޓްބޯޅައިގައި ލިބޭނެ ހާއްސަ ޝަރަފެއް ކަމަށް އެ ޓީމާ އިއްޔެ ހަވާލުވި ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
28 މެއި 2016
މެންޗެސްޓާ (މޭ 28) - މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުމަކީ ފުޓްބޯޅައިގައި ލިބޭނެ ހާއްސަ ޝަރަފެއް ކަމަށް އެ ޓީމާ އިއްޔެ ހަވާލުވި ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޔުނައިޓެޑާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު މޮރީނިއޯ ބުނީ ޔުނައިޓެޑަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ހާއްސަ ޓީމެއް ކަމަށެވެ.
"މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ޔުނައިޓެޑަކީ ހާއްސަ ޓީމެއް. ގިނަ ބައެއްގެ ތަރުހީބު އޮތް ޓީމެއް. މިފަދަ ކްލަބަކަށް ކޯޗުކޮށްދިނުމަކީ ފުޓްބޯޅައިގައި ލިބޭނެ ހާއްސަ ޝަރަފެއް" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އިނގިރޭސި ލީގުގައި ކުރިން ކޯޗުކޮށްދިން ހަމައެކަނި ކްލަބަކީ ވާދަވެރި ޗެލްސީ އެވެ. މޮރީނިއޯ ބުނީ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގައި ކުޅޭއިރު އަބަދުވެސް ހާއްސަ ކަމެއް އިހުސާސް ކުރެވޭ ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން އެލެކްސް ފާގަސަން 2013 ވަނަ އަހަރު ވަކިވުމަށް ފަހު އެ ޓީމާ ހަވާލުވި ދެ ކޯޗުން ކަމަށްވާ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލްގެ ކޯޗުކަމުގައި އެ ޓީމަށް މާ އެދެވޭ ނަތީޖާ ތަކެއް ނެރެވިފައިނުވެ އެވެ. މޮރީނިއޯ ބުނީ އެ ޓީމަށް ކުރިއަށްދެވޭނީ މި ތިން އަހަރުގައި ހިނގާދިޔަ ކަންތައްތަކުގެ މަތިން ހަނދާން ނައްތާލައިގެން ކަމަށެވެ.
"މި ކްލަބާ މެދު ވިސްނާއިރު ދެ ކަމަކަށް ބަލަން އެބަޖެހޭ. އެއީ މިދިޔަ ތިން އަހަރާއި އޭގެ ކުރިން މި ކްލަބްގެ ހާލަތު. އަހަރެން ދެކޭގޮތުގައި މި ކްލަބަށް ކުރިއަށް ދެވޭނީ މިދިޔަ ތިން އަހަރު ވެދިޔަ ކަންތައްތައް ހަނދާން ނައްތާލައި ކުރިއަށް ވިސްނައިގެން،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އާއި މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮރީނިއޯ އަކީ ޔޫރަޕްގައި ފާއިތުވި އަހަރުތަކުގައި އޭނާގެ ފެންވަރު ސާބިތު ކޮށްދީފައިވާ ކޯޗެއް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމުން އެ ޓީމަށް މަޝްހޫރު ގިނަ ކުޅުންތެރިން ގެންނާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ޕީއެސްޖީގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ކުޅުންތެރިން ގަތުމަށް މޮރީނިއޯ އަށް 200 މިލިއަން ޕައުންޑް ދިނުމުން ދަނީ ތައްޔާރުވަމުންނެވެ.
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
ލެސްޓާ ހުރިހާ ގޮތަކުން ވެސް އުނދަގޫ: މޮރީނިއޯ
މޮރީނިއޯގެ ތައުރީފް މިކިތާރްޔަން އަށް
މޮރީނިއޯ ޔުނައިޓެޑާ ގުޅުމަކީ ލިބުނު އުފަލެއް: ރޫނީ
ޔުނައިޓެޑްގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު