އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ހަލާކުވެފައިވާ ތަންތަނުން 37 މިލިއަން ޓަނުގެ ގާކުނޑި ނަގަން އެބަހުރި ކަމަށާއި އެ ތަކެތި ނަގައި ސާފުކުރުމަށް އެތައް އަހަރެއް ހޭދަވާނެ ކަމަށް އދ. އިން ހުކުރު ދުވަހު ބުނެފި އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ހަލާކުވެފައިވާ ތަންތަނުން 37 މިލިއަން ޓަނުގެ ގާކުނޑި ނަގަން އެބަހުރި ކަމަށާއި އެ ތަކެތި ނަގައި ސާފުކުރުމަށް އެތައް އަހަރެއް ހޭދަވާނެ ކަމަށް އދ. އިން ހުކުރު ދުވަހު ބުނެފި އެވެ.
ޔޫއެން މައިން އެކްޝަން ސާވޭ އިން އިރާގު ފަދަ ގައުމުތަކުގައި މައިނު ހޯދައި ނައްތާލުމުގެ ޕްރޮގްރާމްތައް ހިންގި ޕޭރް ލޮދަމާރް ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ގާކުނޑި ނަގަން ހުރި އިރު އެކަން އިތުރަށް އުނދަގޫވެ ނުރައްކާ ވަނީ ނުގޮވާ ހުރި ބޮން ފަދަ ތަކެތި ވެސް ގާތަކުގެ ދަށުގައި ހުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ޣައްޒާއިން އިޒްރޭލު ސިފައިން ފޭބި ދުވަހަކުން އެތަން ސާފުކުރަން ޖެހޭނެ ކަމަށާއި އެކަމަކު އެތަނުގައި ބޭނުންކުރި ގޮވާތަކެތީގެ ތެރެއިން ނުގޮވައި ގާތަކުގެ ތެރޭގައި ހުރީ ކިހާ އެއްޗިއްސެއްކަން ވެސް ނޭނގޭނެ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދީ ސުންނާފަތިކޮށްފައިވާ އިމާރާތްތަކެއް. -- ފޮޓޯ: އޭއެފްޕީ
"އަޅުގަނޑުމެންނަށް އެނގޭ ވަރަކީ ބިމުގައި ބޭނުންކުރާ ގޮވާތަކެތީގެ ތެރެއިން ފެއިލްވެ ނުގޮވާތަކެތީގެ ރޭޓަކީ 10 ޕަސެންޓުކަން،" ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޮދަމާރް ވިދާޅުވި އެވެ.
"ޔަގީންވާ ކަމަކީ 37 މިލިއަން ޓަނުގެ ގާކުނޑި އެބަހުރިކަން. މިއީ ގާތްގަނޑަކަށް ކޮންމެ އަަކަމީޓަރަކަށް 300 ކިލޯގެ ގާކުނޑި،" އޭނާ ވިދާޅުވި އެވެ.
ޣައްޒާ ސާފުކުރުމަށް ހޭދަވެދާނެ މުއްދަތު އަންދާޒާކުރައްވަމުން އޭނާ ވިދާޅުވީ 100 ޓްރަކް ބޭނުންކޮށްގެން ކުރާ ނަމަ މި ހުރިހާ ކުންޏެއް ހުސްކުރަން 14 އަހަރު ހޭދަވާނެ ކަމަށެވެ.
އޮކްޓޫބަރު 7، ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުން ވަނީ އާންމުންގެ ގެތަކަކާއި މަގުތައް ވެސް ސުންނާފަތިކޮށްފަ އެވެ. -- އޭއެފްޕީ
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެދި އދ އަށް
ޣައްޒާގައި އެހީގެ ހުރިހާ މަސައްކަތެއް ހުއްޓިއްޖެ: އދ
"ޣައްޒާގައި ޔަގީންވާ ހަމައެކަނި ކަމަކީ މަރު"
އޮކްޓޫބަރު 7ގެ ހަމަލާގައި އދ.ގެ ނުވަ މީހަކު ހިމެނޭ
ޣައްޒާގެ ސްކޫލަކަށް ބޮން އަޅައިފި؛ 37 މަރު
ފަލަސްތީނަށް 2.8 ބިލިއަން ޑޮލަރު ބޭނުންވޭ: އދ
އިޒްރޭލަށް ހަތިޔާރު ނުވިއްކަން އދ. އިން ގޮވާލައިފި
އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ހުށަހަޅަނީ
"ނަސްލު ނައްތާލުމުގެ އަމަލުތައް އިޒްރޭލުން ހިންގާ"
އދ.ގެ ރެޕަޓުއާ އަށް އިޒްރޭލުން ވިސާ ވެސް ނުދިން