Roadha Mihaaru
މިއަންމާގައި ހޫނުމިން 48.2 ޑިގްރީ ސެލްސިއަސް އަށް

މިއަންމާގައި މި މަހު ހޫނުމިން 48.2 ޑިގްރީ ސެލްސިއަސް އަށް އަރައިފި

30 އެޕްރީލް 2024

މިޔަންމާގައި އޭޕްރީލް މަހެއްގައި މިހާތަނަށް އެންމެ ހޫނު ގަދަވީ މި މަހު ކަމަށާއި 48.2 ޑިގްރީ ސެލްސިއަސް އަށް އަށް ހޫނުމިން އެރި ކަމަށް ކަމާބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.

މިޔަންމާގައި އޭޕްރީލް މަހެއްގައި މިހާތަނަށް އެންމެ ހޫނު ގަދަވީ މި މަހު ކަމަށާއި 48.2 ޑިގްރީ ސެލްސިއަސް އަށް އަށް ހޫނުމިން އެރި ކަމަށް ކަމާބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.

މިޔަންމާގެ މެދުތެރޭގައި އޮންނަ މަގްވޭގެ ޗައުކް ޓައުންގައި އާދީއްތަ ދުވަހު 48.2 ސެލްސިއަސް އަށް އަށް ހޫނުމިން އެރި އެވެ. މިއީ އެ ގައުމުގައި މޫސުމީ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން އޭޕްރީލް މަހެއްގައި މިހާތަނަށް އެންމެ ހޫނުވި ދުވަހެވެ.

ހަމަ އެދުވަހު ކޮމާޝަލް ހަބް ޔަންގޮންގައި ފިނިހޫނުމިން 40 ސެލްސިއަސް އަދި ދެވަނަ ސިޓީ މަންޑޭލޭގައި 44 ސެލްސިއަސް އަށް އަރާފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިއަންމާގައި ހޫނުމިން އެރި މިންވަރަކީ އޭޕްރީލް މަހުގެ އެވްރެޖާ އަޅާބަލާއިރު 3-4 ޑިގްރީ ސެލްސިއަސް މަތި ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

އދ. ގެ މޫސުމާބެހޭ އިދާރާއިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް ހޫނުމިން އަރައިފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި އޭޝިއާ ސަރަހައްދުގައި ހޫނުމިން އިތުރުވާ މިންވަރު ދަނީ ހަލުވިކަމާ އެކު މަތިވަމުންނެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު ގަދަ ހޫނުގެ ދުވަސްތައް ތަޖުރިބާކުރަން ޖެހޭ މުއްދަތު އިތުރުވުމާއި ހޫނު ދުވަސްތައް ދަނީ ގިނަވަމުންނެވެ.

މާޗް، އޭޕްރީލް އަދި މެއި އަކީ އާންމުކޮށް މި ސަރަހައްދުގައި އަހަރުގެ އެންމެ ހޫނު އަދި ހަނަފަސްކަން އެންމެ ދުވަސްތަކެވެ. އެކަމަކު މި އަހަރު، މޫސުމީ ހާލަތެއް ކަމަށްވާ އެލް ނީނޯގެ ސަބަބުން ވަނީ ހޫނު ގަދަވުމުގެ މައްސަލަ އިތުރަށް ގޯސްވެފަ އެވެ. -- އޭއެފްޕީ